اسم الكتاب: شرح السنة (للبربهاري) - للحسن بن علي بن خلف البربهاري (ت ٣٢٩ هـ)
تحقيق: عبد الرحمن بن أحمد الجميزي | الناشر: مكتبة دار المنهاج - الرياض | الطبعة السادسة ١٤٤٣ هـ - ٢٠٢١ م.

ފޮތުގެ ނަން: ސުންނަތުގެ ޝަރަހަ | ލިޔުނީ: ޙަސަން ބިން ޢަލީ ބިން ޚަލަފް އަލްބަރްބަހާރީ (329 ހ.)
ތަހްގީގުކުރީ: ޢަބްދުއްރަޙްމާން ބިން އަޙްމަދު އަލްޖުމައިޒީ | ޗާޕު ކުރީ: މަކްތަބާ ދާރުލް މިންހާޖު - ރިޔާޟް | ހަވަނަ ޗާޕު 1434 ހ. - 2013 މ.

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ދިވެހި ތަރުޖަމާގެ ޕީޑީއެފް


ދާރު ފިތްޔަތިލް ކަހްފިގެ ދިވެހި ތަރުޖަމާގެ އީ-ފޮތް | ޕީޑީއެފް

އިނގިރޭސި ތަރުޖަމާގެ ޕީޑީއެފް

އިނގިރޭސި ޝަރަހައިގެ ޕީޑީއެފް


تحقيق عادل بن عبد الله آل حمدان | ޕީޑީއެފް

تحقيق خالد بن قاسم الردادي ޕީޑީއެފް

المستخرج على البربهاري ޕީޑީއެފް


إرشاد الساري إلى شرح السنة للبربهاري އީ-ފޮތް | ޕީޑީއެފް

إتحاف القاري بالتعليقات على شرح السنة للبربهاري - لصالح بن فوزان الفوزان ޕީޑީއެފް

عون الباري ببيان ما تضمنه شرح السنة للإمام البربهاري - لربيع بن هادي المدخلي ޕީޑީއެފް

شرح كتاب شرح السنة للبربهاري - لمحمد بن خليفة بن علي التميمي ޕީޑީއެފް

فتح الباري على شرح السنة للبربهاري - لعبد الحميد بن يحيى الزعكري ޕީޑީއެފް

عون القاري بالتعليق على شرح السنة للبربهاري - لعبد العزيز بن عبد الله الراجحي އީ-ފޮތް | ޕީޑީއެފް

التعليق على شرح السنة للبربهاري - لناصر بن عبد الكريم العلي العقل އީ-ފޮތް | ޕީޑީއެފް

تيسير الباري في شرح السنة للإمام البربهاري - لفيصل بن يحيى بن مرشد الغولي

رياض الجنة شرح وترتيب شرح السنة - لعمرو عبد المنعم سليم

غاية المنة على شرح السنة - لجمعه بن صالح


ތަރުޖަމާގެ މުގައްދިމާ - المقدمة

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން

3


شرح السنة

للإمام أبي محمد حسن بن علي بن خلف البربهاري

المتوفى سنة ٣٢٩ هـ


ސުންނަތުގެ ޝަރަޙަ

އަލް އިމާމް އަބޫ މުޙައްމަދު ޙަސަން ބްނު ޢަލީ ބްނު ޚަލަފް އަލް ބަރްބަހާރީ رحمه الله

އަވަހާރަވީ (275 ހ.)


ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ


މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.


ފުރަތަމަ ޗާޕު

ރަމަޟާން 1441ހ / މެއި 2020މ


دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

މުއައްލިފުގެ ކުރު ތަޢާރަފެއް

އެކަލޭގެފާނުއީ އިމާމު، އަދި އެޒަމާނުގެ ޙަންބަލީންގެ ޝެއިޚު އަބޫ މުޙައްމަދު އަލްޙަސަނު ބްނު ޢަލީ ބްނު ޚަލަފު އަލްބަރްބަހާރީއެވެ. 'ބަރްބަހާރު' އަކީ އިންޑިއާއިން ގެނެވޭ ބޭހަކަށް ކިޔާނަމެކެވެ. އަދި އެބޭސް އެތެރެކުރާ މީހާއަށް 'އަލްބަރްބަހާރީ' ކިޔެއެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 253 ވަނަ އަހަރުގައި ބަޣްދާދުގައިއެވެ.

އަހުލުއްސުންނާ ވަލްޖަމާޢަތުގެ އިމާމް، އަޙްމަދު ބްނު ޙަންބަލްގެ އަޞްޙާބުންގެ ޖަމާޢަތަކާއި އެއްޒަމާނެއްގައި އިމާމް އަލްބަރްބަހާރީ އުޅުއްވާ ބޮޑުފުޅުވިއެވެ. އޭގެ ތެރޭގައި އަބޫ ދާވޫދު، އިބްނު މާޖާ، ޙަންބަލް ބްނު އިސްޙާޤު، އަބޫބަކުރު އަލްމައްރޫޛީ، އިސްޙާޤު ބްނު އިބްރާހީމް، އަބޫބަކުރު އަލްޚައްލާލު، އިބްނު ޤުތައިބާއާއި އެހެނިހެން ބޭކަލުންނެވެ.

އިމާމް އަލްބަރްބަހާރީގެ އުސްތާޛުންގެ ތެރޭގައި: އަލްމައްރޫޛީ، ސަހްލު ބްނު ޢަބްދި ﷲ އައްތުސްތަރީ، ނިފްޠަވައިހި، އަލްފަތުޙު ބްނު ޝުޚްރުފު އާއި އެހެނިހެން ބޭކަލުން ހިމެނެއެވެ.

އިމާމް އަލްބަރްބަހާރީގެ ދަރިވަރުންގެ ތެރޭގައި: މަޝްހޫރު އިމާމް އިބްނު ބައްޠާ އަލްޢުކްބުރީ، އަބޫ ޢަލީ އައްނައްޖާދު، އަބޫ ޙަފްޞު އަލްބަރްމަކީ، އަޙްމަދު ބްނު ކާމިލް، މުޙައްމަދު ބްނު ޞާލިޙު ބްނު އަޙްމަދު، އަބުލް ޙުސައިނު ބްނު ސަމްޢޫނު ހިމެނެއެވެ. އަދި އައްދާރުޤުޠަނީވެސް އެކަލޭގެފާނުގެ މަޖްލިސްތަކަށް ވަޑައިގެންނެވިކަމަށް ރިވާވެގެންވެއެވެ.

އެކަލޭގެފާނު މަޝްހޫރުވެގެންވަނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގައި މީހެއްގެ ކަނދުރާއަކަށް މަލާމާތަކަށް ނުބަލާ، ޙައްޤުބަސް ވިދާޅުވާ، ސުންނަތާއި އަޘަރުތަކަށް ތަބަޢަވުމަށް ގޮވާލާ، ހައިބަތު ބޮޑުވެގެންވާ، ބިދުޢަވެރިންނަށް ހަރުކަށި ބޭކަލެއްގެ ގޮތުގައިއެވެ. އަދި އެކަލޭގެފާނުގެ މަޖްލިސްތަކުގައި ޙަދީޘާއި އަޘަރުތަކުގެ އަހުލުވެރިންގެ ގިނަ ބަޔަކު ޙާޟިރުވެތެވެ. އަދި މީސްތަކުންގެ ގިނަކަމުން ބުނެވޭ ގޮތުގައި އެކަލޭގެފާނު ކިނބިއްސެއް އަޅުއްވާ ޙަމްދުކުރައްވައިފިނަމަ، (يَرْحَمُكَ الله) އިން މުޅި ސަރަޙައްދު ގުގުމައިގެންގޮސް ޚަލީފާއާއިހަމައަށް އަޑު ފޯރައެވެ.

އެކަލޭގެފާނު މަޝްހޫރުވެގެންވަނީ ހެޔޮކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގައި މީހެއްގެ ކަނދުރާއަކަށް މަލާމާތަކަށް ނުބަލާ، ޙައްޤުބަސް ވިދާޅުވާ، ސުންނަތާއި އަޘަރުތަކަށް ތަބަޢަވުމަށް ގޮވާލާ، ހައިބަތު ބޮޑުވެގެންވާ، ބިދުޢަވެރިންނަށް ހަރުކަށި ބޭކަލެއްގެ ގޮތުގައިއެވެ. އަދި އެކަލޭގެފާނުގެ މަޖްލިސްތަކުގައި ޙަދީޘާއި އަޘަރުތަކުގެ އަހުލުވެރިންގެ ގިނަ ބަޔަކު ޙާޟިރުވެތެވެ. އަދި މީސްތަކުންގެ ގިނަކަމުން ބުނެވޭ ގޮތުގައި އެކަލޭގެފާނު ކިނބިއްސެއް އަޅުއްވާ ޙަމްދުކުރައްވައިފިނަމަ، (يَرْحَمُكَ الله) އިން މުޅި ސަރަޙައްދު ގުގުމައިގެންގޮސް ޚަލީފާއާއިހަމައަށް އަޑު ފޯރައެވެ.

އިބްނު ބައްޠާ رَحِمَهُ الله ވިދާޅުވިއެވެ:

(إذا رأيت البغدادي يحب أبا الحسن بْن بشار، وأبا مُحَمَّد البربهاري، فاعلم أنه صاحب سنة.)⁽¹⁾

_________
[تاريخ بغداد: 13/534]

މާނައީ: "ބަޣްދާދުގެ މީހެއް، އަބުލް ޙަސަނު ބްނު ބައްޝާރުއާއި އަބޫ މުޙައްމަދު އަލްބަރްބަހާރީއަށް ލޯބިކުރާތަން ތިބާއަށް ފެނިއްޖެނަމަ ފަހެ އޭނާއީ ސުންނަތުގެ އަހުލުވެރިއެއްކަން ދަންނާށެވެ."

އިބްނު ކަޘީރު رَحِمَهُ الله ވިދާޅުވިއެވެ:

(العالم الزاهد الفقيه الحنبلي الواعظ، صاحب المروذي وَسَهْلًا التُّسْتَرِيَّ، وَتَنَزَّهَ عَنْ مِيرَاثِ أَبِيهِ، - وَكَانَ سبعين ألفاً - لأمر كرهه. وكان شديد عَلَى أَهْلِ الْبِدَعِ وَالْمَعَاصِي، وَكَانَ كَبِيرَ الْقَدْرِ تعظمه الْخَاصَّةِ وَالْعَامَّةِ، وَقَدْ عَطَسَ يَوْمًا وَهُوَ يَعِظُ فَشَمَّتَهُ الْحَاضِرُونَ، ثُمَّ شَمَّتَهُ مَنْ سَمِعَهُمْ حَتَّى شَمَّتَهُ أَهْلُ بَغْدَادَ، فَانْتَهَتِ الضَّجَّةُ إِلَى دَارِ الْخِلَافَةِ، فَغَارَ الْخَلِيفَةُ مِنْ ذَلِكَ وَتَكَلَّمَ فِيهِ جماعة من أرباب الدولة...)⁽²⁾

_________
[البداية والنهاية: 11/227]

މާނައީ: "(އަލްބަރްބަހާރީއީ) ޢިލްމުވެރި، ޒުހުދުވެރިވެ، ޙަންބަލީ ފަޤީހު އަދި ވަޢުޡުވެރިއެކެވެ. އަލްމައްރޫޛީއާއި ސަހްލު އައްތުސްތަރީއާއި އެކު އުޅުއްވިއެވެ. އަދި އެކަލޭގެފާނު ނުރުއްސެވިކަމަށްޓަކައި އެކަލޭގެފާނުގެ ބައްޕާފުޅުގެ ތަރިކަ ނެގުމުން އެއްކިބާވެވަޑައިގަތެވެ. އެތަރިކަމުދާ ހަތްދިހަ ހާސްކަމުގައިވިއެވެ. އަދި އެކަލޭގެފާނުވެ ވަޑައިގަތީ ބިދުޢަތަކާއި ފާފަތަކުގެ އަހުލުވެރިންނަށް ހަރުކަށި ބޭކަލެއްކަމުގައިއެވެ. އަދި އެކަލޭގެފާނީ ޤަދަރުވެރި ބޭކަލެކެވެ. ޚާއްޞުންނާއި (ޢިލްމުވެރިންނާއި) ޢާއްމުންވެސް އެކަލޭގެފާނަށް ޤަދަރުކޮށް މަތިވެރިކުރައްވައެވެ. އަދި އެއްދުވަހަކު އެކަލޭގެފާނު ވަޢުޡުދެއްވަނިކޮށް ކިނބިއްސެއް އެޅުއްވިއެވެ. ދެން ޙާޒިރުވެތިބި މީހުން (يَرْحَمُكَ الله) ކިއެވެ. އަދި އެބައިމީހުންގެ އަޑުއިވުނު މީހުން ދެން އެހެންކިއެވެ. އެގޮތުން ގޮސް ބަޣްދާދުގެ އަހުލުވެރިން އެފަދައިން ކިއެވެ. އެގޮތުން އެއަޑު ގުގުމައިގެން ގޮސް ޚިލާފަތުގެ ގަނޑުވަރަށް ފޯރިއެވެ. އެހިނދު އެކަމަށްޓަކައި ޚަލީފާ ޣީރަތްތެރިވިއެވެ. އަދި ދައުލަތުގެ ބޮޑުންގެ ޖަމާޢަތެއް އެކަލޭގެފާނާއިމެދު (ދެކޮޅުވެރިވެ) ވާހަކަދެއްކިއެވެ..."

އިސްވެދިޔަ ޞާލިޙުންފަދައިން އެކަލޭގެފާނާއިވެސް އިމްތިޙާންތައް ކުރިމަތިވެ ވަޑައިގަތެވެ. އެގޮތުން ވެރިންގެ ގާތުގައި، އެކަލޭގެފާނުގެ ވާހަކައުފުލާ ދެކޮޅުވެރިކަން އުފައްދަމުންދިޔައެވެ. އަދި ހިޖުރައިން 321 އަލްޤާހިރުގެ ޚަލީފާކަމުގައި އޭނާގެ ވަޒީރު އިބްނު މުޤްލާ، އަލްބަރްބަހާރީ ހައްޔަރުކުރަން ފޮނުވިއެވެ. ދެން އެކަލޭގެފާނު ފޮރުވިވަޑައިގަތެވެ. ދެން އެކަލޭގެފާނުގެ އަޞްޙާބުންގެ ޖަމާޢަތެއް ހައްޔަރުކޮށްގެން ބަޞަރާއަށް ގެނެވުނެވެ. ދެންފަހެ ﷲ ތަޢާލާ އިބްނު މުޤްލާއަށް އެކަމުގެ ޢިޤާބުދެއްވިއެވެ. އަދި ޚަލީފާ އޭނާދެކެ ރުޅިއަރާކަމެއް މެދުވެރިވެ، ވަޒީރުކަމުން ވަކިކުރުމުން އޭނާ ފިލައި ރައްކާވިއެވެ. ދެން އޭނާގެ ގޭގައި އަލިފާން ރޯކޮށްލެވުނެވެ. ދެން ހިޖުރައިން 322 ވަނަ އަހަރުގައި ޚަލީފާ އަލްޤާހިރުގެ މައްޗަށް ގަދަވެވިގަނެ ޚަލީފާކަމުން ދުރުކުރެވި ދެލޮލަށް ދޮންދަގަނޑުހެރި ލޯއަނދިރިވިއެވެ. ދެން އަލްބަރްބަހާރީ އަނބުރާ ޢިލްމު ފަތުރައްވަން ނިކުންނަވާ، އެކަލޭގެފާނުގެ ދަރަޖައާއި މަޤާމު މަތިވެރިވެގެންދިޔައެވެ. އަދި ބިދުޢަވެރިންނަށް އިންކާރުކުރައްވާ އެބައިމީހުންގެ ބިދުޢަތައް ބަޔާންކުރައްވާ މީސްތަކުންނަށް އިންޛާރުދެއްވުމުގައި ކުރިއަށް ވަޑައިގެންނެވިއެވެ.

ދެން ޚަލީފާކަމަށް އިސްވީ އައްރާޟީއެވެ. ބިދުޢަވެރިންގެ މަސައްކަތް ފުޅާކުރަމުން އެކަލޭގެފާނާއި ދެކޮޅަށް ރާވާ ޙަސަދަވެރިވެ ޢަދާވާތްތެރިކަން ފާޅުކުރަމުންދިޔައެވެ. އަދި ވެރިޔާގެ ގާތުގައި އެކަލޭގެފާނުގެ ވާހަކަތައް ދައްކާ ޝަކުވާ އުފުލާހަދާ، ދެން ޚަލީފާ ސިފައިންގެ ބޮޑުމީހާއަށް އަންގާ 'އަލްބަރްބަހާރީގެ ގާތުގައި ދެމީހުން އެއްތަންވެގެން ނުވާނޭކަމަށް' ގޮވާލާ އެކަން މަނާކުރިއެވެ. ދެން އެކަލޭގެފާނު ފޮރުވިވަޑައިގެން އަވަހާރަވީ އެގޮތުގައިއެވެ. އެއީ ހިޖުރައިން 329 ގައި ޢުމުރުފުޅުން 77 އަހަރުގައިއެވެ.

އެކަލޭގެފާނުގެ އަރިހުން ފާޅުވިކަމަށް ރިވާވެގެންވާ ބައެއް ކަރާމާތްތަކަށް ބަލާލައިރު މުޙައްމަދު ބްނުލް ޙަސަނު އަލްމައްޤަރީ ވިދާޅުވިއެވެ:

(حكى لي جدي وجدتي قالا: كَانَ أَبُو مُحَمَّد البربهاري قد استتر عند أخت توزون فبقي نحوا من شهر، ثم أخذه قيام الدم فمات، فقالت المرأة لخادمها:انظر من يغسله، وغلقت الأبواب حتى لا يعلم أحد، وجاء الغاسل فغسله، ووقف يصلي عليه وحده، فاطلعت فإذا الدار ممتلئة رجالا بثياب بيض وخضر، فاستدعت الخادم وقالت: ما الذي فعلت؟ فقال: يا سيدتي رأيت ما رأيت؟ قالت: نعم. قال: هذه مفاتيح الباب وهو مغلق. فقالت: ادفنوه في بيتي، وإذا مت فادفنوني عنده، فدفنوه في دارها، وماتت بعده فدفنت هناك،)⁽³⁾

_________
[طبقات الحنابلة: 2/44-45، المنتظم: 14/14]

މާނައީ: "އަހުރެންގެ ކާފައާއި މާމަ އަހުރެންނަށް ކިޔާދިނެވެ: 'އަބޫ މުޙައްމަދު އަލްބަރްބަހާރީ، އުޚުތު ތޫޒޫންގެ ކައިރީގައި ފިއްލަވާ ވަންހަނާވެގެން ހުންނެވިއެވެ. ދެން އެގޮތުގައި މަހެއްހާ ދުވަހު ހުންނެވިއެވެ. ދެން އެކަލޭގެފާނަށް 'ޤިޔާމުއްދަމު' (ލޭގެ ބައްޔެއް) ޖެހިވަޑައިގެން އަވަހާރަވިއެވެ. ދެން އެއަންހެނާ، ޚާދިމަށް ބުންޏެވެ: 'އެކަލޭގެފާނު ހިނަވާނޭ މީހަކު ހޯދާށެވެ.' އަދި އެއްވެސް މީހަކަށް އެނގިގެންނުވުމަށްޓަކައި އެކަނބުލޭގެ ހުރިހާ ދޮރުތަކެއް ލެއްޕިއެވެ. ދެން ހިނަވާމީހާ އައިސް އެކަލޭގެފާނު ހިނެވިއެވެ. އަދި އޭނާ އެކަނި އެކަލޭގެފާނު މައްޗަށް ކަށުނަމާދު ކުރުމަށް ހުއްޓުނެވެ. ދެންފަހެ އެކަނބުލޭގެ ގޭތެރެ ބަލާލިއިރު އެހިނދުން ފެނުނީ ހުދުކުލައާއި ފެހި ކުލައިގެ ފޭރާންތަކެއްގައި ތިބި ފިރިހެނުންތަކެއް މުޅި ގެ ފުރާލައިގެން ވަނިކޮށެވެ. ދެންފަހެ އެކަނބުލޭގެ ޚާދިމް ގެނެސް ބުނެފިއެވެ: 'ކަލޭ ކީއްކުރީހެއްޔެވެ؟' އޭނާ ބުނެފިއެވެ: 'އޭ ސާހިބާއެވެ! އަހުރެންނަށް މިފެނުނު ކަންތައް ކަމަނާއަށްވެސް ފެނުނުތޯއެވެ؟' އެއަންހެނާ ބުންޏެވެ: 'އާނއެކެވެ.' އޭނާ ބުނެފިއެވެ: 'ދޮރުގެ ތަޅުދަނޑިތައް މިއޮތީއެވެ. އަދި ދޮރު އެހެރީ (ތަޅުލާ) ލައްޕާފައިއެވެ.' އެއަންހެނާ ބުންޏެވެ: 'އެކަލޭގެފާނު އަހުރެންގެ ގޭގައި ވަޅުލާށެވެ. އަދި އަހުރެން މަރުވުމުން އަހުރެންވެސް އެކަލޭގެފާނު އަރިހުގައި ވަޅުލާށެވެ.' ދެން އެކަލޭގެފާނު އެއަންހެނާގެ ގޭގައި ވަޅުލެވުނެވެ. އަދި އެކަލޭގެފާނަށް ފަހުގައި އެއަންހެނާ މަރުވުމުން ހަމައެތަނުގައި ވަޅުލެވުނެވެ.."

'އަލްމުންތަޡިމް'ގައި އިބްނުލް ޖައުޒީ ގެނެސްފައިވެއެވެ.

(...قال شيخنا أبو الحسن ابن الزاغوني: وكشف عن قبره بعد سنين وهو صحيح لم يتغير وظهرت من قبره روائح الطيب حتى ملأت بغداد...)⁽⁴⁾

_________
[المنتظم: 14/15]

މާނައީ: "...އަހަރުމެންގެ ޝެއިޚު އަބުލް ޙަސަނު އިބްނު އައްޒާޣޫނީ ވިދާޅުވިއެވެ: 'އެތައް އަހަރުތަކަށްފަހުގައި އެކަލޭގެފާނު (އަލްބަރްބަހާރީ)ގެ ޤަބުރުކޮޅު ކަޝްފުކުރެވުނެވެ. އެއިރު އެކަލޭގެފާނުގެ ހަށިކޮޅު އޮންނެވީ އެއްވެސް ބަދަލެއް ނައިސް ސަލާމަތުންނެވެ. އަދި އެކަލޭގެފާނުގެ ޤަބުރުކޮޅުން މީރުވެގެންވާ ވަސްތައް ފާޅުވެގެންގޮސް މުޅި ބަޣްދާދު ފުރިގެންދިޔައެވެ..."

ﷲ ތަޢާލާ އެކަލޭގެފާނަށް ރަޙްމަތްލައްވާ ފާފަފުއްސަވާ އެކަލޭގެފާނު ކިބައިން ޤަބޫލުކުރައްވާށިއެވެ! އާމީން.


ރިސާލާގެ ކުރު ތަޢާރަފެއް

މިރިސާލާގެ ނަމަކީ 'ޝަރްޙުއްސުންނާ' (ސުންނަތުގެ ޝަރަޙަ)އެވެ. ސުންނަތުގެ މުރާދު އަދި ފަހުން އަންނަހުއްޓެވެ. މިރިސާލާގައި މުއައްލިފުވަނީ އަހުލުއްސުންނާ ވަލްޖަމާޢަތް އިޖްމާޢުވެގެންވާ ޢަޤީދާއާއި އަޞްލުތައް ބަޔާންކުރައްވާފައިއެވެ. އެގޮތުން މުއައްލިފުއަކީ ކުރީގެ ސަލަފުންގެ ޒަމާނާއި ގާތްވެގެންވާ، އަދި ޚާއްޞަކޮށް އިމާމް އަޙްމަދުގެ ދަރިވަރުންނާއި އަޞްޙާބުންނާއި އެކީގައި އުޅުއްވި ބޭކަލެއްކަމުން އެހެން ފޮތްތަކުގައި ފޯރާފައިނުވާ ބައެއް ބަސްފުޅުތައް މިރިސާލާގައިވެއެވެ. އަދި މިރިސާލާގައި ބިދުޢަތަކާއި، ބިދުޢަވެރިންނާއި މުޢާމަލާތްކުރާނޭ ގޮތުގެ ބައެއް ބަސްފުޅުތައްވެސް ބަޔާންކުރެއްވިއެވެ. އޭގެ އިތުރުން މުއައްލިފުވަނީ ބިދުޢަވެރި ފިރްޤާތަކުން ޚިލާފުވެގެންވާ ބައެއް ފިޤްހީ ފަރްޢީ މައްސަލަތައްވެސް ގެންނަވާފައިއެވެ. ހަމައެފަދައިން ޢިލްމުވެރިންގެ މެދުގައި އިޖްތިހާދުކުރެވޭ ބައެއް މަދު މައްސަލަތައްވެސް ހިމެނުއްވިއެވެ.

ދެންފަހެ ފާހަގަކުރެވުނު ގޮތުގައި މިރިސާލާއަކީ މުއައްލިފުގެ ޙިފްޡުން އަވަސް އަރުވާލައިގެން އަވަހަށް މީސްތަކުންގެ ބަޔަކަށް ފޯރުކޮށް ދިނުމަށް ލިޔުއްވި ރިސާލާއެއްކަމަށް ބެލެވެއެވެ. އެގޮތުން ބައެއް ވާހަކަތައް އެކި ތަންތަނުގައި ތަކުރާރުވުމާއި، ތަރުތީބެއް ދެއްވާފައިނެތުމާއި، އަދި ބައެއް ޙަދީޘްތައް މާނައިން ބަޔާންކުރެއްވުމާއި، އަދި ބައެއް މަޤާމުތަކުގައި ޞައްޙަ ޙަދީޘްތައް އައިސްފައިވާ ކަންކަމުގައި ބަލިކަށި ޟަޢީފު ޙަދީޘްތައް ގެންނަވާފައިވެއެވެ. އެކަމަކު އެއީ ނާދިރު މަދު ތަނެއްގައިއެވެ. އެހެނެއްކަމަކު މިއާއިއެކުވެސް މިރިސާލާގެ ޤަދަރު ބޮޑުވެ،ވަނީ މަތިވެރިވެގެންނެވެ.

މިރިސާލާގައި އަހަރުމެން ބަލާފައިވާނީ މުއައްލިފު ވިދާޅުވެފައިވާ ބަސްފުޅު ހަމައެގޮތުގައި ތަރްޖަމާކޮށްގެން ގެނެވޭތޯއެވެ. ދެން އިތުރު މާނައެއް ފުރިހަމަކުރަން ބޭނުންވާހިނދަކު ބުރެކެޓްގައި ބައެއް ބަސްތައް ލެވިފައި ހުންނާނެއެވެ. އަދި ޙަދީޘްތަކާއި އާޔަތްތަކާއި އަޘަރުތައް އޭގެ މަޞްދަރާއި މަރްޖިޢުތަކުން ބަޔާންކުރެވިފައިވާނެއެވެ. ދެން ތަފްޞީލުކުރަން ޖެހޭ މައްސަލަތަކާއި، އިތުރަށް ބަޔާންކުރުމާއި، ދަލީލުތަކާއި، އަދި މައްސަލަތަކުގައި އައިސްފައިވާ ސަލަފުންނާއި ޢިލްމުވެރިންގެ ބަސްފުޅުތައް ފުޓްނޯޓު ނުވަތަ ޙާޝިޔާގައި އަހަރުމެން އޭގެ މަޞްދަރުތަކުން ގެނެސް ތަރުޖަމާކުރެވިފައިވާނެއެވެ.

ދުޢާއަކީ މިމަސައްކަތަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިކަމާއި އެކީ ކުރެވޭ މަސައްކަތެއްކަމުގައި ލައްވާ، އަދި ވީހާވެސް ގިނަ ބަޔަކަށް މިރިސާލާއިން މަންފާކުރުމެވެ. އަދި މިރިސާލާ ކިޔާ، ފަތުރާ ހެދުމަށް ވަޞިއްޔަތްކުރަމެވެ. މުއައްލިފުވަނީ މިރިސާލާ ފަތުރާ ފޯރުކޮށްދިން މީހަކަށާއި އެމީހެއްގެ މައިންބަފައިންނަށް ހެޔޮ ރަޙްމަތްލެއްވުމަށް ދުޢާކުރައްވާފައިއެވެ. އަހަރުމެންވެސް އެދުޢާގައި ޝާމިލުކުރައްވާށިއެވެ. ތައުފީޤަށް އެދެނީ ﷲ ގެ ޙަޟްރަތުންނެވެ.


ތަހްގީގުކުރެވުނު ފޮތުގެ މުގައްދިމާ އަރަބިން - المقدمة

[قال المحقق:]

المقدمة

[...]


النسخ المعتمدة في تحقيق الكتاب:

للكتاب نسخة وحيدة لم أجد غيرها بعد بحثي في الفهارس والمكتبات قدر استطاعتي - وسؤالي أهل العلم ممن لهم عناية بالمخطوطات.

والنسخة من محفوظات المكتبة الظاهرية برقم (۱/۱۳ مجموع عمرية)، وعنها مصورة في الجامعة الإسلامية بالمدينة النبوية حفظها الله برقم (۱/٧٠٤٤/ف/م)، وعن الجامعة الإسلامية صورتها مكتبة الحرم النبوي الشريف وهي فيها برقم (٨٠/٤٥ مجاميع).

والمخطوط له أكثر من مصورة وفي بعضها تصويبات وإلحاقات بالهامش لم تظهر في البعض الآخر.

ويقع المخطوط في ۲۰ ورقة تقريبا، وعدد أسطر كل ورقة ١٥ سطرا تقريبا، وخطها جيد مقروء، وهي الأصل في إخرج هذا الكتاب، وأعبر عنها بالأصل.

[...]

أما النسخة الثانية، فهي ما ضمنه ابن أبي يعلى (ت ٥٢٦ هـ) كتابه طبقات الحنابلة (٣٦/٣ - ۸۰) في ترجمة البربهاري؛ فقد أورد كتاب شرح السنة بكامله عدا ورقة من أوله وبعض الفقرات، وزاد ورقتين تقريبا في آخره لم تردا في المخطوط، فأثبتهما من المطبوع، وجعلتهما بين معكوفين، فقد حفظ لنا ابن أبي يعلى أكثر هذا الكتاب فرحمه الله.

وقد اعتبرت ما أورده ابن أبي يعلى من الكتاب بمثابة نسخة أخرى، فكم من سقط سددته، وخطأ أصلحته في الأصل.

وقد اعتمدت الطبعة التي حققها الدكتور عبد الرحمن بن سليمان العثيمين، وذكر أنها مقابلة على أربع نسخ خطية مختارة من بين عشر نسخ، وبهذا فهي أضبط من النسخة التي حققها الشيخ محمد حامد الفقي رحمه الله رحمة واسعة، وقد رمزت لهذه النسخة بالرمز (ق).

وأما النسخة الثالثة، فهي ما ضمنه أبو اليمن مجير الدين العليمي رحمه الله (ت ۹۲۸ هـ) في كتاب المنهج الأحمد في تراجم أصحاب الإمام أحمد (۲۱/۲ - ۳۲).

وهذه النسخة استأنست بها، إذ أن العليمي جمع مادة كتابه ممن تقدموه ومنهم ابن أبي يعلى، إلا أنني وجدت في بعض المواضع اختلافا بين ما في «المنهج الأحمد» وما في «طبقات الحنابلة»، وكان الصواب ما في «المنهج الأحمد»، وهو الموافق للمخطوط، كما في الفقرة (۱۳۷) و (١٥٤) وغيرهما، فلعل العليمي وقعت له نسخة أخرى من شرح السنة، أما إن كان قد نقل من طبقات الحنابلة فيكون الاختلاف واقعا في نسخ الطبقات نفسها.

وقد قابلت الكتاب على هذه النسخة أيضا، بالرغم من أن العليمي لم يورد إلا ربع الكتاب تقريبا، فهو يختار بعض الفقرات دون بعض. وقد رمزت لهذه النسخة بالرمز (م).


[صور المخطوطات]


[توثيق نسبة الكتاب إلى المؤلف]

[...]


عملي في تحقيق الكتاب:

١ - نسخت المخطوط.

٢ - قابلت المخطوط على المطبوع ضمن (طبقات الحنابلة) ورمزها (ق)، والمطبوع ضمن (المنهج الأحمد) ورمزها (م)، وأثبت الفروق المهمة التي تكون لصالح الأصل المخطوط، أما ما خالفته فيه إحدى هذه النسخ فلا ألتزم الإشارة إليه دائما، فهي كثيرة جدا وأكثرها لا فائدة فيه، وبإثباتها يطول الكتاب.

٣ - سددت السقط وصوبت الأخطاء الواقعة في الأصل من الطبعتين المذكورتين وجعلت ذلك بين معكوفين.

٤ - عزوت الآيات القرآنية إلى مواضعها في المصحف الشريف.

ه - خرجت الأحاديث النبوية والآثار التي ذكرها المصنف أو أشار إليها تخريجا مختصرا، وقد أطيل أحيانا إن دعت لذلك حاجة مع ذكر أحكام أهل العلم على كل حديث - قدر المستطاع - خصوصا الشيخ الألباني رحمه الله.

٦ - ذكرت الأدلة المباشرة لمسائل الكتاب من الكتاب والسنة، أما المسائل التي تحتاج إلى تعليل وبسط - وهي قليلة - فالكلام عليها يطول، وهي موجودة في كتب الشروح أو كتب العقائد المطولة.

٧ - ترجمت جميع الأعلام الوارد ذكرهم في الكتاب باستثناء الصحابة اكتفاء بشهرتهم.

٨ - ضبطت متن الكتاب ضبطا كاملا.

۹ - رقمت مسائل الكتاب ليسهل قراءتها والرجوع إليها.

۱۰ - صنعت فهارس للكتاب

[...]

وقد اجتهدت أن يكون الكتاب على أقرب صورة أرادها المؤلف رحمه الله تعالى، فإن أصبت فمن الله وله الفضل والمنة، وإن أخطأت فمني ومن الشيطان.

[...]