بِسمِ اللهِ الرَّحمَنِ الرَّحِيمِ

hadith mv

ޙަދީޘްއެމްވީ - ޛަހަބީގެ ސިޔަރު އަޢުލާމިއް ނުބަލާ އިން ނަވަވީގެ ވަނަވަރު




ތިރީގައި ވަނީ ތާރީޚުގެ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ޝަމްސުއްދީން އައްޛަހަބީ (748-673 ހ.)، މަތިވެރި ބޭކަލުންގެ ސީރަތްތައް، މި ފޮތުގައި ނަވަވީއާމެދު ލިޔުނު ވަނަވަރެވެ. [سِيَرُ أَعلَام النُّبَلَاء لِلذَّهَبِي، الجُزءُ المَفقُودُ، تَرجَمَةُ النوَوِي (6445) ص 340]

النَّوَاوِيُّ، الشَّيخُ الإِمَامُ القُدوَةُ الحَافِظُ الزَّاهِدُ العَابِدُ الفَقِيهُ المُجتَهِدُ الرَّبَانِيُّ شَيخُ الإِسلَامِ أَحسِبُهُ. الإِمَامُ مُحيِي الدِّينُ أَبُو زَكَرِيَّا يَحيَى بنُ شَرَفِ بنِ مُرِّيِّ بنِ حَسَنِ بنِ حُسَينِ بنِ مُحَمَّدٍ بنِ حِزَامِ الحِزَامِيِّ الحَورَانِيِّ النَّوَاوِي الشَّافِعِي.

صَاحِبُ التَّصَانِيفَ الَّتِي سَارَت بِهَا الرُّكبَانَ، وَاشتَهَرَت بِأَقَاصِى البُلدَانِ.

وُلِدَ فِي المُحَرَّمِ سَنَةِ إِحدَى وَثَلَاثِينَ وَسِتُّمِائَة بِنَوَى، وَكَانَ أَبُوهُ دُكَّانِيًّا بِهَا، فَنَشَأَ الشَّيخُ فِي سِترٍ وَخَيرٍ، وَحَفِظَ القُرآنَ، وَبَقِيَ يَتَعَيَّش فِي الدُّكَّانِ لِأَبِيهِ، ثُمَّ نَقَلَهُ أَبُوهُ فِي سَنَةِ تِسعٍ وَأَربَعِينَ إِلَى دِمِشقَ لِيَشتَغِلَ بِهَا، فَنَزَلَ بِالرَّوَاقِيَةِ يَتَقَوَّتُ بِالجرَايَةِ، وَيَدرُسُ فِي ’التَّنبِيهِ‘ فَحَفِظَهُ فِي أَربَعَةِ أَشهُرٍ وَنِصفٍ، وَقَرَأَ رُبعَ ’المُهَذَّب‘ فِي تَمَام السَّنَة، عَلَى الشَّيخِ الكَمَالِ إِسحَاقُ بِن أَحمَدَ.

ثُمَّ حَجَّ مَعَ وَالِدِهِ، وَقَد لَاحَت عَلَيهِ أَمَارَات النَّجَابَةِ وَالفَهمِ، فَاتَّفَقَ أَنَّهُ أَقَامَ بِالمَدِينَةِ النَّبَوِيَّةِ شَهرًا وَنِصفًا، وَتَعَلَّلَ فِي أَكثَرِ الطَّرِيقِ، وَرَجَعَ وَأَكَبَّ عَلَى طَلَبِ العِلمِ لَيلًا وَنَهَارًا اشتِغَالًا، فَضُرِبَ بِهِ المَثَل، وَهَجَرَ النَّومَ إِلَّا عَن غَلَبَةٍ، وَضَبَطَ أَوقَاتُهُ إِلَّا بِلُزُومِ الدَّرسِ أَو الكِتَابَةِ أَو المُطَالَعَةِ، أَو التَّرَدُّدِ إِلَى الشُّيُوخِ، وَتَرَكَ كُلّ رَفَاهِيَة وَتَنَعُّم، مَعَ تَقوَى وَقَنَاعَةِ وَوَرَعِ وَحُسنِ مُرَاقَبَةٍ لِلَّه فِي السِرِّ وَالعَلَانِيَّةِ، وَتَرَكَ رُعُونَاتِ النَّفسِ، مِن ثِيَابٍ حَسَنَة، وَمَآكِل طَيِّبَة، وَتَجَمّل هَيئَة، بَل طَعَامُهُ جَلَفُ الخُبز يَابِسَة، وَلِبَاسُهُ خَام، وَشَيخَانِيتُهُ لَطِيفَة، فَرَحِمَهُ اللَّهُ وَرَضِيَ عَنهُ وَجَزَاهُ عَن العِلمِ خَيرًا.

ذَكَرَ صَاحِبُهُ الشَّيخُ أَبُو الحَسَن عَلِي ابن العَطَّر: أَنَّ الشَّيخ مُحيِي الدِّين حَّدَثَهُ أَنَّهُ كَانَ يَقرَأُ كُلّ يَوم اثنَى عَشَرَ دَرسًا عَلَى مَشَايخِهِ، شَرحًا وَتَصحِيحًا، دَرسَينِ فِي «الوَسِيطِ»، وَدَرسًا فِي «المُهَذَّبِ»، وَدَرسًا فِي «الجَمعِ بيَنَ الصَّحِيحَينِ»، وَدَرسًا فِي «صَحِيحِ مُسلِمٍ»، وَدَرسًا فِي «اللُّمَعِ» لِابنِ جِنِّي، وَدَرسًا فِي التَّصرِيفِ، وَدَرسًا فِي أُصُولِ الفِقهِ، وَدَرسًا فِي أَسمَاءِ الرِّجَالِ، وَدَرسًا فِي أُصُولِ الدِّينِ.

قَالَ: وَكُنتُ أُعَلِّق جَمِيعَ مَا يَتَعَلَّق بِهَا، مِن شَرح مُشكِلٍ، وَوُضُوح عِبَارَة، وَضَبطِ لُغَة، وَبَارَكَ اللهُ لِي فِي وَقتِي، وَخَطَرَ لِي أَن أَشتَغِلَ بِالطِّب وَاشتَرَيتُ كِتَابَ «القَانُونَ»، فَأظلَمَ قَلبِي، وَبَقِيتُ أَيَّامًا لَا أَقدر عَلَى الاشتِغَال، فَأَفقتُ عَلَى نَفسِي، وَبِعتُ القَانُونَ فَأَنَارَ قَلبِي.

وَلَاَزمَ الاشتِغَال وَالتَّصنِيف وَالإِفَادَة، مُحتَسِبًا فِي ذَلِكَ، مُبتَغِيًا وَجهَ اللهِ، وَالصَوم وَالتَّهَجُّد وَالذِّكر وَالأَورَاد، وَحِفظُ الجَوَارِح، وَذَمّ النَّفس، وَصَبَرَ عَلَى العيَش الخَشن، مُلَاَزمَةً كُلِّيَّة، لَا مَزِيد عَلَيهَا.

قَالَ ابنُ العَطَّر: ذَكَرَ لِي شَيخُنَا أنَّهُ كَانَ لَا يضِيع لَهُ وَقتًا فِي لَيلٍ وَلَا نَهَار إِلَّا فِي اشتِغَالٍ، حَتَّى فِي الطُّرُقِ، وَأَنَّهُ دَامَ عَلَى هَذَا سِتّ سِنِين، ثُمَّ أَخَذَ فِي التَّصنِيفِ وَالإِفَادَةِ وَالنَّصِيحَةِ، وَقَولِ الحَقِّ.

قُلتُ: كَانَ مَعَ مُلَازمَتِهِ التَّامَّة لِلعِلمِ وَمُوَاظَبَتِهِ لَهُ، فَائِق الوَرع، وَتَزكِيَة النَّفس مِن شَوَائِب الهَوَى، وَسَيِّئ الأَخلَاق، وَمَحَقَهَا مِن أَغرَاضِهَا، عَارِفًا بِالحَدِيثِ، قَائِمًا عَلَى أَكثَرِ فُنُونِهِ، عَارِفًا بِرِجَالِهِ، رَأسًا فِي نَقلِ المَذهَبِ، مُتَضَلِّعًا فِي عُلُومِ الإِسلَامِ.

قَالَ شَيخُنَا الرَّشِيدُ الحَنَفِي ابنُ المُعَلِّمِ: عَذَلتُ الشَّيخَ مُحيِي الدِّين فِي تَركِهِ الحَمَّام، وَضَيق العَيش، وَخَوَّفتُهُ مِن مَرضٍ يُعَطِّلُهُ عَنِ العِلمِ، فَقَالَ: إِنَّ فُلَانًا صَامَ حَتَّى اخضَر جِلده.

كَانَ الشَّيخُ يَمتَنِع جُملَة مِن أَكلِ الخِيَارِ وَالفَاكِهَة، وَيَقُولُ: أَخَافُ تُرَطِّبُنِي وَتَجلِب النَّوم، وَكَانَ يَأَكُل فِي اليَومِ وَاللَيلَة غَالِبًا أَكلَةً وَاحِدَةً، ثُمَّ يَشرَب مَرَّةً عِندَ السَّحَر.

قَالَ ابنُ العَطَّار: كَلَّمتُهُ فِي الفَاكِهَة، فَقَالَ: دِمَشق كَثِيرَة الأَوقَاف، وَأَملَاك المَحجُورِ عَلَيهِم، ثُمَّ المُعَامَلَة فِيهَا عَلَى وَجهِ المُسَاقَاة، وَفِيهَا خِلَاف، فَكَيفَ تطِيب نَفسِي بِأَكلِ ذَلِك؟

وَكَانَ لَا يَقبل مِن أَحَدٍ شَيئًا إِلَّا فِي النَّادِر، يَقبَلُ شَيئًا يَسِيرًا مِمَّن لَا يَشتَغِل عَلَيهِ، قَد أَهدَى لَهُ فَقِيرٌ إِبرِيقًا فَقَبِلَهُ، وَعَزمَ عَلَيهِ صَاحِبُهُ الخَطِيبُ بُرهَانُ الدِّينِ الإِسَكَندَرَانِي أَن يُفطِر مَعَهُ، قَالَ: هَاتِ الطَّعَام وَنفطر مَعًا، فَأَكَلَ مِنهُ وَكَانَ لَونَين، وَقَلَّ أَن كَانَ يَأكُل إِدَامَين، وَكَانَ قَلِيل الضَّحك، عَدِيم اللَّعِب، بَل هُوَ جِد صَرف، يَقُول الحَقّ، وَإِن كَانَ عَلَيهِ، لَا تَأخُذهُ فِي اللهِ لَومَة لَائِمٍ، وَيُوَاجِه الأُمَرَاء وَالظُّلم بِالإِنكَارِ، وَيَكتُب إِليَهِم، وَيُخَوِّفُهُم بِاللهِ.

قَالَ ابنُ فَرح - وَكَانَ مِمَّن يَشرَحُ عَلَى الشَّيخِ - صَارَ الشَّيخ مُحيِي الدِّين إِلَى ذَلِك رَتب لَو نَهَضَ رَجُلٌ مِنهَا لَشدَّت إِلَيهِ الرِّحَال: العِلم وَالزُّهد وَالأَمر بِالمَعرُوفِ وَالنَّهي عَنِ المُنكَرِ.

وَكَانَ الشَّيخ - رَضِيَ اللهُ عَنْهُ - يَقتَنِع بِاليَسِيرِ، وَوَلِيَ مَشيَخَةَ دَارِ الحَدِيثِ الأَشرَفِيَّةِ مَعَ صِغَرِ سِنِّهِ، وَنُزُول رِوَايَتِهِ فِي حَيَاةِ مَشَايخِهِ بَعدَ الإمَام أَبِي شَامَة، فَمَا أَجِد مَا مَكَّنَهُ فِيمَا بَلَغَنِي، بَل كَانَ يَجِيئه مِن وَالِدِهِ شَيء يقتَات مِنهُ، وَاشتَرَى بِالجَامِكِيَّةِ كُتُبًا وَفِقهًا، سَافَرَ وَزَارَ بَيتَ المَقدِس، فَردَّ إِلَى نَوَى مَرِيضًا، وَالنتقلَ بِهِ إِلَى اللهِ فِي الرَّابِع وَالعِشرِين مِن رَجَب سَنَةَ سِتّ وَسَبعِين وَسِتّمِائَة.

قَالَ قُطُب الدِّين مُوسَى شَيخُنَا: كَانَ أَوحَد زَمَانِهِ فِي العِلمِ وَالزُّهدِ وَالوَرعِ وَالعِبَادَةِ وَالتَقلِيلِ وَخُشُونَة العَيش، وَاقَفَ المَلِك الظَّاهِرُ بدَار العَدل غَير مَرَّة، فَحُكِيَ عَنهُ قَالَ: أَنَا أُفَزّعُ مِن هَذَا، وَقَالَ الفَقِيهُ شَمسُ الدِّين مُحَمَّدُ بنِ الفَخر: كَانَ إِمَامًا بَارِعًا حَافِظًا مُفتِيًا، أَتقَنَ عُلُومًا شَتًى، وَصَنَّفَ بِالتَصَانِيفِ الحَسَنَةِ، وَكَانَ شَدِيد الوَرع وَالزُّهد، تَارِكًا لِجَمِيع مَلَاذ الدُّنيا مِنَ المَآكل، إِلَّا مَا يَأتِيهِ بِهِ أَبُوهُ مِن كَعكٍ وَتِينٍ، وَكَانَ يَلبَس الثِّيَابَ الرثَّة المُرَقَّعة، وَلَا يَدخُل حَمَّامًا، تَرَكَ الفَوَاكِه جَمِيعهَا، وَلَم يَتَنَاوَل مِن الجِهَات.

قُلتُ: وَكَانَ تُؤثر عَنهُ كَرَامَات وَأَحوَال، وَكَانَ أَسمَرَ، كَثَّ اللِّحيَة، رَبعَةً مَهِيبًا، لَا يَرَى الجِدَال وَلَا تُعجِبَهُ المُغَالَبَة، وَيَتَأَذَّى مِمَّن يُجَادِل، وَيَعرِضُ عَنهُ، وَقَلَمُهُ أَبسَط مِن عِبَارَتِهِ، رَحِمَهُ اللهُ تَعَالَى، فَقَد كَانَ عَدِيم النَّظِير.




އެއީ އައްނަވާވީއެވެ. ޝައިޚެވެ. އިމާމެވެ. ނަމޫނާވެރިޔާއެވެ. ޙާފިޡެވެ. ޒުހުދުވެރިޔާއެވެ. އަޅުވެރިޔާއެވެ. ފިގްހުވެރިޔާއެވެ. ރައްބާނީ މުޖްތަހިދެވެ. އަހަރެން ދެކޭ ގޮތުގައި އެއީ ޝައިޚުލް އިސްލާމެވެ. އެއީ އިމާމު މުޙްޔިއްދީން، އަބޫ ޒަކަރިއްޔާ، ޔަޙްޔާ ބިން ޝަރަފު ބިން މުއްރިއްޔި ބިން ޙަސަން ބިން ޙުސައިން ބިން މުޙައްމަދު ބިން ޙިޒާމު އަލްޙިޒާމީ އަލްޙައުރާނީ އައްޝާފިޢީއެވެ.

އެތަކެއް ފޮތެއް ލިޔުނު މުސައްނިފެކެވެ. އެ ފޮތްތައް ހިފައިގެން ދަތުރުވެރިން (އެކިއެކި ކަންކޮޅުތަކަށް) ދަތުރުކުރިއެވެ. އަދި އެންމެ ދުރު ރަށްތަކުގައި އެ ފޮތްތައް މަޝްހޫރުގެން ދިޔައެވެ.

އޭނާ އުފަންވީ ހިޖުރައިން 631 ވަނަ އަހަރުގެ މުޙައްރަމު މަހު، (ސީރިޔާގެ ދިމިޝްގު ކައިރީގައި އޮންނަ) ނަވާ އޭ ކިޔުނު ރަށަށެވެ. އޭނާގެ ބައްޕަ އުޅުނީ އެ ރަށުގައި ފިހާރައެއް ހިންގަންށެވެ. އޭނާ ބޮޑުވެގެން އައީ ރަނގަޅު ރައްކާތެރި މާހައުލެއްގައެވެ. އަދި ގުރްއާން ހިތުދަސްކޮށްގެން، ބައްޕައަށް އެހީތެރިވުމުގައި ފިހާރާގައި މަސައްކަތްކޮށް އުޅުނެވެ. އެއަށްފަހު އޭނާގެ ބައްޕަ، އޭނާ ކިޔެވުމަށް ޓަކައި ދިމިޝްގަށް ގެންދިޔައެވެ. އޭނާ އުޅުނީ ރަވާގިޔާ އޭ ކިޔުނު ހިސާބެއްގައެވެ. އޭނާ ކައި އުޅުނީ (އެ ތަނުގެ މަދަރުސާއިން ކޮންމެ ދުވަހަކު ކިޔަވާ ކުދިންނަށް ދިން) ރޮށިކޮޅެކެވެ. (ޝާފިޢީ ފިގްހުގައި އައްޝީރާޒީ ލިޔުނު ފޮތެއް ކަމަށްވާ) އައްތަންބީހު އޭނާ ކިޔަވާ، ހަތަރު މަހާއި ބައިގެ ތެރޭގައި އެ ފޮތް ހިތުދަސް ކުރިއެވެ. ދެން އެ އަހަރުގެ ބާކީ އޮތް މުއްދަތު، (ޝާފިޢީ ފިގްހުގައި އައްޝީރާޒީ ލިޔުނު އެހެން ފޮތެއް ކަމަށްވާ) އަލްމުހައްޛަބުގެ ހަތަރުބައި ކުޅަ އެއްބައި (ހިތުދަސް ކޮށްގެން) ޝައިޚުލް ކަމާލު އިސްޙާގު ބިން އަޙްމަދަށް ކިޔައިދިނެވެ.

އެއަށްފަހު ބައްޕައާއެކު އޭނާ ހައްޖަށް ދިޔައެވެ. އަދި ވިސްނުން ތޫނުކަމާއި ފަހުމްވުމުގެ އަލާމާތްތައް އޭނާގެ މަތިން ފާޅުވެފައި ވެއެވެ. ކަން ދިމާކުރި ގޮތުން، ނަބިއްޔާގެ ރަށުގައި ދޮޅު މަސް ވަންދެން އޭނާ މަޑުކުރިއެވެ. އަދި މަގުމަތީގައި ހިނގާ އުޅުނު އިރުވެސް، ރާސްތާގެ ބޮޑުބައި ހޭދަ ކުރީ ކިޔެވުމުގައެވެ. ދެން (ދިމިޝްގަށް) އެނބުރި އައިސް، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައި މަޝްޣޫލުވެ އުޅުނީ އިލްމު އުނގެނުމުގައެވެ. ފަހެ އޭނާއަށް ނަމޫނާ ޖެހުނެވެ. ނުހަނު ބޮޑަށް ނިދިއައުމުން އެހެން ގޮތެއް ނެތިގެން މެނުވީ ނުނިދައެވެ. ވަގުތު ހޭދަ ކުރީ ހަމައެކަނި ދަރުސްތަކަށް ހާޒިރުވުމަށާއި، ލިޔުމަށާއި، ކިޔުމަށާއި، ޝައިޚުންގެ ގާތަށް ދިޔުމަށެވެ. ހުރިހާ އަރާމުތަކާއި ފަސޭހަތަކެއް ދޫކޮށްލިއެވެ. އޭނާ ދިރިއުޅުނީ ތަގުވާވެރި، ވަރާވެރި، އަދި ލިބުނު އެއްޗަކާމެދު ހިތްހަމަޖެހިގެންވާ ގޮތުގައި، ސިއްރާއި ފާޅުގައި ﷲ އަށް ޓަކައި ރަނގަޅަށް ބަލައިގެން ފަރުވާތެރިވެގެންވާ ހާލުގައެވެ. ނަފްސުގެ އެދުންތައް ކަމުގައިވާ ރީތި މޮޅު ފޭރާމާއި، ރަނގަޅު މޮޅު ކާތަކެއްޗާއި، ބުރުސޫރަ ރީތިކުރުން ދޫކޮށްލިއެވެ. ކައި އުޅުނީ ހަރު ހިކި ރޮށްޓެވެ. އަދި ލައި އުޅުނީ އެންމެ އާދައިގެ ފޭރާމާއި، ތުނި ފަގުޑިއެކެވެ. ފަހެ ﷲ އޭނާއަށް ރަހުމަތާއި ރުއްސުން ލައްވައި، އޭނާގެ އިލްމަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

އޭނާގެ ސާހިބު (ދަރިވަރު)، ޝައިޚު އަބުލް ޙަސަން ޢަލީ އިބްނުލް ޢައްޠާރު ބުންޏެވެ: ޝައިޚު މުޙްޔިއްދީން (އެބަހީ ނަވަވީ) އޭނާއަށް ކިޔައިދިނެވެ: ކޮންމެ ދުވަހަކުވެސް ބާރަ ދަރުސް (ފިލާވަޅު) އޭނާގެ ޝައިޚުންގެ މައްޗަށް އޭނާ ކިޔައިދެއެވެ. އެއީ ޝަރަހައާއި ކުށްފިލުވުމާ އެކުގައެވެ. (އެ ގޮތުން އޭނާ ނެގީ) (ޣަޒާލީ ލިޔުނު ޝާފިޢީ ފިގްހުގެ ފޮތެއް ކަމަށްވާ) އަލްވަސީޠުގައި ދަރުހެކެވެ. އަދި އަލްމުހައްޛަބުގައި ދަރުހެކެވެ. އަދި (ޙުމައިދީ ލިޔުނު ސަހީހު ބުޚާރީއާއި މުސްލިމުގެ ޙަދީޘްތައް އެކުލަވާލާފައިވާ ފޮތެއް ކަމަށްވާ) އަލްޖަމްޢު ބައިނައް ޞަޙީޙައިންގައި ދަރުހެކެވެ. އަދި ސަހީހު މުސްލިމުގައި ދަރުހެކެވެ. އަދި (އަރަބި ބަހުގެ އިލްމުގައި) އިބްނުލް ޖިއްނީ ލިޔުނު އަލްލުމަޢުގައި ދަރުހެކެވެ. އަދި (އަރަބި ބަހުގެ) ޞަރްފުގައި ދަރުހެކެވެ. އަދި އުސޫލުލް ފިގްހުގައި ދަރުހެކެވެ. އަދި (ޙަދީޘް ރާވީންގެ ވަނަވަރުތަކުގެ އިލްމު ކަމަށްވާ) އަސްމާއުއް ރިޖާލުގައި ދަރުހެކެވެ. އަދި (ދީނުގެ އަސާސީ ކަންތައްތަކާއި އަގީދާގެ އިލްމު ކަމަށްވާ) އުސޫލުއް ދީނުގައި ދަރުހެކެވެ.

ނަވަވީ ބުންޏެވެ: އަދި އެ ދަރުސްތަކާ ގުޅުން ހުރި ހުރިހާ އެއްޗެއް އަހަރެން ލިޔެ ހެދީމެވެ. އެ ގޮތުން އުނދަގޫ ތަންތައްކޮޅު ޝަރަހަކޮށް، އިބާރާތްތައް ބަޔާންކޮށް، ބަސް ޟަބްޠުކޮށް ހެދީމެވެ. އަދި އަހަރެންގެ ވަގުތުގައި ﷲ ބަރަކާތް ލެއްވިއެވެ. އަދި (އެއް ފަހަރަކު) ބޭހުގެ އިލްމައިގެން މަޝްޣޫލުވާން ހިތަށް އަރައިގެން، (އިބްނު ސީނާގެ) އަލްގާނޫން މި ފޮތް އަހަރެން ގަތީމެވެ. ދެން ފަހެ އަހަރެން ހިތް އަނދިރި ވެއްޖެއެވެ. އަދި ދުވަސްތަކެއް ވަންދެން (އެއްވެސް ކަމަކާ) އުޅެން ކުޅަދާނަ ނުވެފައި އަހަރެން ހުރީމެވެ. ދެން އަހަރެންގެ އަމިއްލަ ނަފްސު ހޭވެރިކަމަށް ގެނެސް، އެ (ބޭހުގެ އިލްމު ފޮތް) އަލްގާނޫން ވިއްކާލީމެވެ. ދެން ފަހެ އަހަރެންގެ ހިތް އަލިވެއްޖެއެވެ.

ދެން އޭނާ އަބަދު ލާޒިމުވެ އުޅުނީ (ކަންކަމާ) މަޝްޣޫލުވުމާއި، ފޮތް ލިޔުމާއި، މަންފާ ކުރުމައިގެންނެވެ. އެ ކަންކަމުގައި ސަވާބަށް އެދި، ﷲ ގެ ވަޖްހުފުޅު އަދައިގެންވާ ހާލުގައެވެ. ދެންވެސް އުޅުނީ ރޯދަ ހިފުމާއި، ދަމުނަމާދު ކުރުމާއި، ޒިކުރުތަކާއި ވިރްދުތައް ކިޔުމާއި، އަތްފައި ރައްކާތެރިކުރުމާއި، ނަފްސު ނިކަމެތިކުރުމާއި، އުނދަގޫ ދަތި ދިރިއުޅުމުގައި ކެތްކޮށްގެންނެވެ. މުޅިން (އެ ކަންކަމަށް) ލާޒިމުވެގެންނެވެ. އޭގެ މައްޗަށް އިތުރެއް ނުކުރެއެވެ.

އިބްނުލް ޢައްޠާރު ބުންޏެވެ: އަހަރެންގެ ޝައިޚު (ނަވަވީ) އަހަންނަށް ކިޔައިދިން ގޮތުގައި، (ކަންކަމާ) މަޝްޣޫލުވާ ހާލު މެނުވީ އޭނާގެ އެއްވެސް ވަގުތެއް، ރޭގަނޑާއި ދުވާލުގައި ވެސް ހޭދަކޮށް ބޭކާރެއް ނުކުރެއެވެ. މަގުމަތީގައި އުޅޭ އިރަށް ދާންދެނެވެ. އަދި އެ ގޮތުގެ މަތީގައި ހަ އަހަރު ވަންދެން އޭނާ ދެމިހުއްޓެވެ. ދެން އެއަށްފަހު ފޮތް ލިޔުމާއި، މަންފާ ކުރުމާއި، ނަސޭހަތް ދިނުމާއި، ހައްގު ބަސް ބުނުމައިގެން އުޅުނެވެ.

އަހަރެން (އައްޛަހަބީ) ބުނަމެވެ: އިލްމަށް ފުރިހަމައަށް ލާޒިމުވުމާއި، އޭގެ މަތީ ދެމިހުރުމާ އެކުގައިވެސް، އޭނާ އިންތިހާއަށް ވަރާވެރިވިއެވެ. އަދި ހަވާނަފްސުގެ ދަށުދަރަޖައިގެ ކަންކަމާއި، ނުބައި އަޚްލާގުން ނުހަނު ނަފްސު ތާހިރުކުރިއެވެ. އަދި އެ ކަންކަމަށް އެއްވެސް ބޭނުމެއް ނުވެ ފޮހެލިއެވެ. އޭނާ ޙަދީޘް އެނގި، އެ އިލްމުގެ ގިނަ ފަންނުތަކުގެ މަތީ ގާއިމުވެ ހުރެ، އޭގެ ރާވީންގެ އެނގުނެވެ. އަދި މަޒުހަބު ފޯރުކުރުމުގައި ހުރި މައި ބޮލެކެވެ. އިސްލާމް ދީނުގެ އިލްމުތަކުގައި ހަރުލައިގެންނެވެ.

އަހަރެމެންގެ ޝައިޚު އައްރަޝީދު އަލްޙަނަފީ އިބްނުލް މުޢައްލިމު ބުންޏެވެ: ޝައިޚު މުޙްޔިއްދީން (މީހުން އެއްވެގެން ފެންވަރާ އުޅޭ) ޙައްމާމުތަކަށް ނުވަދެ ދޫކޮށްލާތީ، އަދި ދަތި އުނދަގޫކޮށް ދިރިއުޅޭތީ، އެ ކަމާ ނުރުހިގެން އޭނާ އަދަބުވެރި ކުރުމަށް އަހަރެން އޭނާއަ ވާހަކަ ދެއްކީމެވެ. އަދި އޭނާ އިލްމުން ކަނޑުވާލާނެ ބަލިމަޑުކަމެއް ޖެހިދާނެކަމަށް އަހަރެން އޭނާ ބިރުގަންނުވަން އުޅުނީމެވެ. ދެންވެސް އޭނާ ބުނީ: ހަމަކަށަވަރުން މިވެނި މީހަކު (މުސްކުޅިވެގެން ގޮސް) ހަމުގެ ކުލަ ބަދަލުވެއްޖައުމަށް ދާންދެން (ހަމަ) ރޯދަ ހިފައި އުޅުނެވެ.

ޝައިޚު (ނަވަވީ) ޖުމްލަ ގޮތެއްގައި މޮޅެތި ކާތަކެއްޗާއި މޭވާތަކުން މަނާވެގަތެވެ. އަދި އޭނާ ބުނެއެވެ: އަހަރެން ބަނޑުފުރިގެން ނިދިއައިސްދާނެކަމަށް ބިރުގަންނަމެވެ. އަދި އާންމު ގޮތެއްގައި ދުވާލާއި ރޭގަނޑު އޭނާ ކަނީ އެންމެ ކޮއްތެކެވެ. އެއަށްފަހު (ފަތިސްވުމުގެ ކުރިން) ރޭގަނޑުގެ ފަހުކޮޅުގައި އެއް ފަހަރު (ފެން) ބޮއެވެ.

އިބްނުލް ޢައްޠާރު ބުންޏެވެ: އޭނާ މޭވާ (ނުކާތީ އެ ކަމާ) ބެހޭ ގޮތުން އަހަރެން އޭނާއާ ވާހަކަދެއްކީމެވެ. ފަހެ އޭނާ ބުންޏެވެ: ދިމިޝްގަކީ ވަރަށް ގިނަ ވަގްފު ބިންތަކާއި، ބަޔެއްގެ މައްޗަށް މަޙްޖޫރުވެފައި ހުރި މިލްކިއްޔާތުތައް ގިނަ ރަށެކެވެ. (އެބަހީ: މަސްލަހަތަށް ޓަކައި ބޭނުން ނުކުރެވޭ ގޮތަށް އިހަށް ހިފެހެއްޓިފައިވާ، ޔަތީމުންނާއި ކުޑަކުދިންނާއި ބުއްދިފިލާފައިވާ މީހުން ފަދަ ފަރާތްތަކުގެ މިލްކިއްޔާތުތަކާއި ބިންތަކެއް ވެއެވެ. އެހެންކަމުން، އެ މުދާތައް ބަލަހައްޓަން ޖެހޭ ފަރާތްތައް، ރަނގަޅު ގޮތުގައި އެ ތަކެތި ނުބަލަހައްޓައިގެން، މި ލިބޭ މޭވާއަކީ ރަނގަޅު ގޮތުގައި އަހަރުމެންނާ ހަމައަށް ފޯރައިފައިވާ މޭވާއަށް ނުވެދާނެއެވެ.) ދެން އަނެއް ކަމަކީ، އެ (ދަނޑުބިންތައް ގެނގުޅުމުގައި މީހުން) ބޭނުން ކުރަނީ މުސާގާގެ މުއާމަލާތެވެ. (އެބަހީ: މަސައްކަތު މީހެއް އެ ދަނޑުބިންތަކުގައި ފެންދީ ގަސްހައްދާ ގޮތުގެ މަތިން، އެ ބިމުން ހެއްދޭ ތަކެތީގެ ބައެއް، އުޖޫރައެއްގެ ގޮތުގައި ދިނުމަށް، ބިމުގެ ވެރިޔާ އެއްބަސްވެއެވެ.) އަދި އެ މުއާމަލާތް (ހުއްދަކަމާމެދު) ޚިލާފު އޮވެއެވެ. ވީމާ އެ (މޭވާތައް) ކެއުމަށް އަހަރެން ހިތް ރުހޭނީ ކިހިނެއްހެއްޔެވެ؟

އަދި އޭނާ އެއްވެސް މީހެއްގެ އަތުން އެއްޗެއް (ހަދިޔާއެއްގެ ގޮތުގައި) ގަބޫލެއް ނުކުރެއެވެ. ނާދިރު ފަހަރަކު މެނުވީއެވެ. އަދި އޭނާގެ މައްޗަށް މަޝްޣޫލުވެ ނުގަންނާނެ މީހެއްގެ ފަރާތުން ކުޑަ އެއްޗެއް އޭނާ ގަބޫލުކުރެއެވެ. އެއްފަހަރަކު ފަގީރަކު އޭނާއަށް (ފެން އަޅާ) ކަންވާރެއް ހަދިޔާ ކުރުމުން އެ ގަބޫލުކުރިއެވެ. އަދި (އެއް ފަހަރަކު) އޭނާގެ ސާހިބު އަލްޚަޠީބު ބުރްހާނުއްދީން އަލްއިސްކަންދަރާނީ، އޭނާއާއެކު ރޯދާވީއްލަން ބާރުއެޅުއްވިއެވެ. އަދި ބުރްހާނުއްދީން ބުންޏެވެ: ކާތަކެތި ގެންނާށެވެ. އަދި އަހަރުމެން އެކީގައި ރޯދަވީއްލާނީއެވެ. ދެން ބުރްހާނުއްދީން އެއިން ކޭ އިރު، އެއީ (ހަމައެކަނި) ދެ ވައްތަރެއްގެ ކާތަކެތި ކަމުގައި ވިއެވެ. އަދި (ރޮއްޓާ ޖައްސައިގެން ކެއުމަށް) ދެ ވައްތަރެއްގެ ދިޔަ ނަވަވީ ކެއީ މަދު ފަހަރެއްގައެވެ. އަދި އޭނާ ހީހެދީ މަދުންނެވެ. އަދި ކުޅެ މަޖާކޮށް ސަމާސާއެއް ނުކުރެއެވެ. އަދި ކިއެއް، އޭނާ ވަރަށް އަވަހަށް (ތަންތަނުން ނުކުމެ) ވަކިވެދެއެވެ. ބުނަނީ ހައްގެވެ. އޭނާއާ ދެކޮޅަށްވިޔަސް މެއެވެ. އޭނާ ﷲ ގެ މަގުގައި، މީހަކު ކުރާ މަލާމާތަކަށް ނުބަލައެވެ. އަދި ވެރިންނާއި އަނިޔާވަރިކަމަށް އޭނާ އިންކާރުން ކުރިމަތިލައެވެ. އަދި އެ މީހުންނަށް ސިޓީ ލިޔެ، ﷲ އަށް ބިރުވެތި ކުރުވައެވެ.

އިބްނު ފަރްޙި ބުންޏެވެ. -އަދި ޝައިޚު (ނަވަވީގެ) މައްޗަށް އޭނާ ޝަރަހަކޮށް ހެދިއެވެ.- އިލްމާއި، ޒުހުދާއި، ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާކުރުމުގައި، އެ ދަރަޖައަކަށް ވާސިލުވެވިއްޖެ ނަމަ، އެ މީހެއްގެ ގާތަށް ދަތުރުހަދާފައި ދާ ދަރަޖައިގެ މީހަކަށް، ޝައިޚު މުޙްޔިއްދީން (ނަވަވީ) ފޯރިއެވެ.

އަދި ޝައިޚު (ނަވަވީ) މަދު އެތިކޮޅަކުން ފުއްދާލައިގެން އުޅުނެވެ. ﷲ އޭނާއަށް ރުއްސުން ލައްވާށިއެވެ. އަދި (ދިމިޝްގުގައި ޙަދީޘް އިލްމުގެ މަރުކަޒެއް ކަމަށްވާ) ދާރުލް ޙަދީޘް އަލްއަޝްރަފިއްޔާ އާ އޭނާ ހަވާލުވިއެވެ. އެއީ އޭނާގެ އުމުރުގެ ހަގުކަމާއި، އޭނާގެ ރިވާޔަތްތަކުގެ ސަނަދު ތިރިވުމާއެކު، އޭނާގެ ޝައިޚުން ދިރިހުއްޓައެވެ (އޭނާ އެ ތަނަށް ހަވާލުވީ) އިމާމު އަބޫ ޝާމާހަށް ފަހުގައެވެ. ފަހެ އަހަރެންނަށް ފޯރާފައިވާ ޚަބަރުތަކުން، އޭނާއަށް ތަނަވަސްކަމާއި ބާރުވެރިކަން ލިއްބައިދޭނޭ ކަމެއް އަހަރެންނަކަށް ނުފެނުނެވެ. އަދި ކިއެއް، އޭނާއާ ހިސާބަށް ދަނީ، އޭނާގެ ބައްޕަގެ ފަރާތުން އެއިން ކާލެވޭނެ އެތިކޮޅެކެވެ. އަދި އޭނާއަށް ލިބުނު މުސާރައިން ގަތީ ފޮތާއި ފިގުހެވެ. އޭނާ ދަތުރުކޮށް ބައިތުލް މަގްދިސަށް ޒިޔާރާތް ކުރިއެވެ. އަދި (އުފަން ރަށް) ނަވާއަށް އެނބުރީ އައީ ބަލިވެގެންނެވެ. އަދި އެ ބައްޔައިގެން އޭނާ (ނިޔާވެ) ﷲ ގެ ހަޒްރަތަށް އެނބުރި ދިޔައީ ހިޖުރައިން 676 ވަނަ އަހަރުގެ ރަޖަބު މަހުގެ 24 ވަނަ ދުވަހުގައެވެ.

އަހަރެމެންގެ ޝައިޚު، ގުޠުބުއްދީން މޫސާ ބުންޏެވެ: އޭނާއަކީ އޭނާގެ ޒަމާނުގައި ދެވަނައެއް ނުވާ މީހެކެވެ. އެއީ އިލްމާއި، ވަރާވެރިކަމާއި، އަޅުވެރިކަމާއި، މަދު އެތިކޮޅަކުން ފުއްދާލުމާއި، ދަތި އުނދަގޫކޮށް ދިރިއުޅުމުގައެވެ. ކޯޓުގައި އޭނާ އެއްފަހަރަށް ވުރެ ގިނަ ފަހަރު ރަސްގެފާނު އައްޡާހިރުގެ ކުރިމަތީ ހުއްޓުނެވެ. ފަހެ އެ ރަސްގެފާނުގެ ކިބައިން އެ ރަސްގެފާނު ބުނި ކަމަށް ބުނެވެއެވެ: މިހިރަ މީހާގެ ކިބައިން އަހަރެން ބިރުގަންނަމެވެ. އަދި އަލްފަގީހު ޝަމްސުއްދީން މުޙައްމަދު ބިން ފަޚްރު ބުންޏެވެ: އިމާމެއް، މޮޅު ކުޅަދާނަ މީހެއް، ޙާފިޡެއް އަދި މުފްތީއެއް ކަމުގައި އޭނާ ވިއެވެ. އެތަކެއް ތަފާތު އިލްމެއް އޭނާ އިތުގާނުކޮށް އުނގެނުނެވެ. އަދި އެތަކެއް ރަނގަޅު ފޮތެއް ލިޔުނެވެ. އަދި އޭނާ ނުހަނު ވަރާވެރިވެ ޒުހުދުވެރިވިއެވެ. ކާތަކެތީގެ ތެރެއިން ދުނިޔޭގެ ހުރިހާ ލައްޒަތްތަކެއް ދޫކުރިއެވެ. އޭނާގެ ބައްޕަގެ ފަރާތުން އޭނާއާ ހަމައަށް އަންނަ (ރޮށީގެ ވައްތަރެއް ކަމަށްވާ) ކޭކާއި ތީނިކޮޅެއް ފިޔަވައެވެ. އަދި ލައި އުޅުނީ ބާ، ފޮތިއަޅާފައިވާ ފޭރާމެވެ. އަދި (މީހުން އެއްވެގެން ފެންވަރާ އުޅޭ) ޙައްމާމުތަކަށް އޭނާ ނުވަދެއެވެ. ހުރިހާ ވައްތަރެއްގެ މޭވާ ދޫކުރިއެވެ. އަދި ކޮޅުކޮޅުން ކައެއް ނަހަދައެވެ

އަހަރެން (އައްޛަހަބީ) ބުނަމެވެ: އޭނާގެ ކިބައިން ކަރާމާތްތަކާއި ހާލަތްތައް އައިސްފައިވެއެވެ. އަދި އޭނާގެ ހަމުގެ ކުލައަކީ މުށި ކުލައެވެ. އޭނާގެ ތުނބުޅި ބޮލެވެ. ބައްޓަން މެދުމިނެވެ. ހައިބަތު ހުއްޓެވެ. ޖަދަލު ކުރުމަކީ އޭނާ ދެކޭ ކަމެއް ނޫނެވެ. އަދި (އެކަކު އަނެކަކު) ބަލިކުރަން އުޅުން އޭނާއަށް ކަމުނުދެއެވެ. އަދި ޖަދަލު ކުރާ މީހުންގެ ކިބައިން އޭނާއަށް އުނދަގޫވެއެވެ. އަދި އެއިން މީހެއްގެ ކިބައިން އޭނާ މޫނު އަނބުރާލައެވެ. އަދި އޭނާގެ ވާހަކަ ދެއްކެވުމަށް ވުރެ، އޭނާގެ ގަލަން ތަނަވަސްވެގެންވެއެވެ. ﷲ ތަޢާލާ އޭނާއަށް ރަހުމަތް ލައްވާށިއެވެ. ހަމަކަށަވަރުން އޭނާއަކީ އެފަދަ މިސާލެއް ނުވާ މީހެކެވެ.




— އަނބުރާ މައި ސަފުހާއަށް