بِسمِ اللهِ الرَّحمَنِ الرَّحِيمِ

hadith mv

Hadithmv

The Maldivian Platform for Translations of the Sunnah


ސުންނަތުގެ ތަރުޖަމާ މަންސަ




- In the Name of Allah, Ar-Rahman, Ar-Raheem -


Developing a hadith translation platform for Maldivians

The Hadithmv project is a collaborative effort in making the sayings and teachings of Muhammad ﷺ as accessible and understandable as possible for the Maldivian community. Once this work is complete, they will have a hadith collection in their native Dhivehi language, in sha Allah. We are also working on making other Islamic works available, as well as beneficial tools and content for those who wish to make use of them.

It is Allah Who has subjected technology for us to use. We aim to provide a feature-rich yet user-friendly product for everyone, while maintaining a compatible user experience over varying devices and configurations. Hadithmv is designed to be mobile-first with minimal bloat. Currently available on the Web, Android and Windows.


Aims in starting this project

Accessibility

Bring the hadith of Allah’s Prophet ﷺ within the reach of everyone, regardless of the barriers of medium, location, portability, age, language or wealth. And use the platform of modern technology to help spread and instill the love of living according to the Sunnah in the hearts, as the Maldivians of today are closer to their personal devices than they are to books. One database, multiple platforms.


Education

The cause of most of our society’s problems is due to people being uneducated about Islam. To solve this redundant issue, they need a way to access Islamic material they can look up for themselves. Also, teachers and students alike can benefit from these references, without having to repeat the translation process every time. Write once, look up anytime.




- ﷲ، އައްރަޙްމާން، އައްރަޙީމުގެ ގެ އިސްމުފުޅުން ފަށައިގަންނަމެވެ -


ޙަދީޘްއެމްވީ – ދިވެހިންނަށް ޙަދީޘް ތަރުޖަމާކުރާ މަންސައެއް އުފެއްދުން

ޙަދީޘްއެމްވީ މަޝްރޫއަކީ އިސްލާމީ ދިވެހި މުޖުތަމައަށް ވީހާވެސް ފަސޭހަ ކަމާއިއެކު ރަސޫލު ﷲ ﷺ ގެ ޙަދީޘްފުޅުތަަކުގެ މާނަ އުނގަންނައިދީ ފޯރުކޮށްދިނުމަށް ޓަކައި ޒަމާނީ ވަސީލަތެއް ގާއިމު ކުރުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫއު ފުރިހަމަ ވުމުން ގިނަ އަދަދެއްގެ ޙަދީޘް ދިވެހި ބަހުން ފަސޭހައިން އެއްތަނަކުން ލިބެން ހުންނާނެއެވެ. އިން ޝާއަ ﷲ. އަދި އެހެނިހެން އިސްލާމީ ލިޔުންތައް އެކުލަވާލާ ގެނެސްދިނުމުގެ އިތުރުން، ބޭނުން ކުރާ ބަޔަކަށް ފައިދާކުރާނެ އާލަތްތަކައި މައުލޫމާތު ވެސް ފޯރުކޮށްދެވޭތޯ އެބަ މަސައްކަތް ކުރަމެވެ.

އަޅުގަނޑުމެންނަށް ޓަކައި ޓެކްނޮލޮޖީގެ ހިދުމަތް ލައްވައި، އޭގެ ބޭނުން ކުރެވޭނެ ގޮތް މިންވަރު ކުރެއްވީ މާތް ﷲ އެވެ. ޙަދީޘްއެމްވީގެ އަމާޒަކީ ގިނަގުނަ ބޭނުންތަކެއް ހިފޭ، އަދި ބޭނުން ކުރަން ފަސޭހަ ހިދުމަތެއް އެންމެންނަށް ފޯރުކޮށް ދިނުމެވެ. އަދި ގެންގުޅޭ ވަސީލަތްތަކާއި ސެޓިންގްތައް ތަފާތު ވިއެއްކަމަކު، ބޭނުންކުރާ ފަރާތްތަކަށް އެކަށީގެންވާ ހިތްގައިމު މާހައުލެއް ގާއިމު ކޮށްދިނުމެވެ. ޙަދީޘްއެމްވީ ފަރުމާ ކުރެވިފައި ވަނީ ފޯނަށް އަހައްމިއްޔަތުކަން ދެވި، ޖާގައަށް ބުރަ ނުވާ ގޮތަށެވެ. މި ވަގުތު ވެބް، އެންޑުރޮއިޑް އަދި ވިންޑޯސްގެ ވަސީލަތްތަކުގައި ބޭނުން ކުރެވޭނެއެވެ.


މި މަޝްރޫއު ފެއްޓުމުގެ ލަނޑުދަނޑިތައް

ފޯރުކޮށްދިނުން

ގެންގުޅޭ ވަސީލަތްތަކާއި، އުޅެން ޖެހޭ ތަނާއި، އުމުރާއި، އަރަބި އެނގޭ މިންވަރާއި ހުރި ތަނަވަސްކަމާ ގުޅިގެން ކުރިމަތިވެފައިވާ ހުރަސްތައް ފަހަނައަޅައި، ރަސޫލު ﷲ ﷺ ގެ ހަަދީސްފުޅުތައް އެންމެހައި ދިވެހިންނަށް ހަމައަށް ފޯރުކޮށްދިނުމެވެ. އަދި މި ޒަމާނަކީ ފޮތްތަކަށް ވުރެ ބޮޑަށް ފޯނާއި ކޮމްޕިޔުޓަރ ފަދަ ވަސީލަތްތަކަށް ދިވެހިން އަހުލުވެރި ވެފައިވާ ޒަމާނެއް ކަމުން، އަދުގެ ޓެކްނޮލަޖީގެ ޒަރިއްޔާއިން ސުންނަތް ފަތުރައި އެއާ އެއްގޮތަށް އުޅުމުގެ ލޯބި ހިތްތަކުގައި ޖެއްސުމެވެ. އެ ގޮތުން އެއް ޑޭޓާބޭސެއް، ތަފާތު މަންސަތަކުން ލިބެން ހުންނާނެއެވެ.


އުނގަންނައިދިނުން

މި ކުޑަކުޑަ މުޖުތަމައުގެ ގިނަ މައްސަލަތަކުގެ މައިގަނޑު ސަބަބަކީ މީސްތަކުން އިސްލާމް ދީނަށް ރަނގަޅަށް އަހުލުވެރި ވެފައި ނުވުމެވެ. ވީމާ މި ކަމަށް ހައްލެއް ގެނައުމަށް ޓަކައި އަމިއްލައަށް އިސްލާމީ މައުލޫމާތު ބަލައި ހޯދޭނެ ފަސޭހަ މަގެއް މީސްތަކުންނަށް ތަނަވަސްވެފައި އޮތުން މުހިއްމެވެ. ހަމަ އެހެންމެ، މުދައްރިސުންނާއި ދަރިވަރުން މި މަސްދަރުތަކުގެ ބޭނުން ހިފައި، އެއް ޙަދީޘްތަކެއް ތަކުރާރުކޮށް ތަރުޖަމާ ކުރުމުގެ ބުރައިން ސަލާމަތް ވެގެން ދާނެއެވެ. އެ ގޮތުން އެއް ފަހަރު ލިޔުމަށް ފަހު، ބޭނުން އިރަކު ތަރުޖަމާ ހޯދޭނެއެވެ.




For more queries, read our FAQ section | For a list of participants, get to know our contributors

If you find a mistake, or have a suggestion, or want to help with this project, feel free to contact us

Back to the Main Page