ސޫރަތް:
1
އާޔަތް:
1
ޖުޒް:
1

اسم الكتاب: تفسير القرآن الكريم - لجعفر فائز

Name of the Book: Explanation of the Noble Quran by Jaufar Faiz - Dhivehi

ފޮތުގެ ނަން: ކީރިތި قرآن ގެ ތަފްސީރު | ލިޔުނީ: ޖަޢުފަރު ފާއިޒު
(15/7/2021 މ. - 5/12/1442 ހ. - 60 އަހަރު) | ދެކުނުގެ / ސ. މީދޫ.


ޖަވާބުގެ ދިވެހި ތަފްސީރު އެޕްލިކޭޝަން އިން މި ތަރުޖަމާގެ ބައެއް ޕީޑީއެފްތައް ބެލޭނެއެވެ.


تنبيه - ނޯޓު

⚠️ މި ވަގުތު މި ސައިޓިން ލިބެން ހުރީ 1، 2، 26، 27، 28، 29، 30 މި ފޮތްތަކުގެ ތަފްސީރު އެކަންޏެވެ. އޭގެ އިތުރަށް ސިމްބޮލްތަކުގައި މައްސަލަ އަދި އުޅޭނެއެވެ. އިން ޝާއަ ﷲ ކުރިއަށް އޮތް ތާނގައި އެ ކަންތައްތައް ހައްލުކޮށް، ދެން ހުރި ފޮތްތައް ވެސް ހިމަނާނަމެވެ.

މި ފޮތުގެ މުއައްލިފު ވަނީ 7 ފޮތް (އެބަހީ: ޖުޒް) ފިޔަވާ މުޅި ގުރްއާނުގެ ތަފްސީރު ލިޔެ ނިންމަވާފައެވެ. އެއީ ޖުމްލަ 23 ފޮތެވެ.

ކުރީކޮޅުން ނިންމަވާފައި ވަނީ 1، 2، 3، 4، 5، 6، 7 ،8، 9، 10، 11، 12، 13، 14، 15، 16، 17 މި ފޮތްތަކެވެ.

އަދި ފަހަތުން ނިންމަވާފައި ވަނީ 26، 27، 28، 29، 30 މި ފޮތްތަކެވެ.

އަދި ނުނިންމަވާ ވަނީ 19، 20، 21، 22، 23، 24، 25 މި ފޮތްތަކެވެ.

އަދި 18 ވަނަ ފޮތުގެ މަސައްކަތް ވެސް މުއައްލިފު ފެއްޓެވިއެވެ. އެ ގޮތުން އެ ފޮތުގެ މުއުމިނޫނާއި ފުރްޤާން، މި ދެ ސޫރަތާއި، ނޫރު ސޫރަތުގެ 27 ވަނަ އާޔަތާ ހިސާބަށް ތަފްސީރުގެ ޑްރާފްޓެއް ލިޔުއްވިއެވެ. ނަމަވެސް މުޅި ފޮތް ނުނިމެނީސް މުއައްލިފު ވަނީ ނިޔާވެފައެވެ. رَحِمَهُ اللَّهُ.

އަދި ތަފްސީރު ލިޔުއްވި ފޮތްތަކުގެ ތެރެއިން، މުއައްލިފު ވަނީ ބައެއް އާޔަތްތަކުގެ ސަބަބުއް ނުޒޫލު (އެބަހީ: ބާވައިލެއްވުނު ސަބަބު) ލިޔުއްވާފައެވެ. އެ ގޮތުން 1، 2، 3، 4، 5، 6 އަދި 13، 14، 15، 16، 17 މި ފޮތްތައް ވަނީ ސަބަބުއް ނުޒޫލާއެކު އެކީ އެކައްޗަކަށް ލިޔުއްވާ ނިންމަވާފައެވެ.

އަދި 7 ވަނަ ފޮތުގެ އަންޢާމް ސޫރަތުގެ 52، 51 އަދި 93 ވަނަ އާޔަތުގެ ސަބަބުއް ނުޒޫލު ލިޔުއްވާފައި ވެއެވެ. އަދި 10 ވަނަ ފޮތުގެ 58 އަދި 68 ވަނަ އާޔަތުގެ ސަބަބުއް ނުޒޫލު ލިޔުއްވާފައި ވެއެވެ. އަދި ހަމަ އެ ފޮތުގައި ފަހުން ސަބަބުއް ނުޒޫލު ލިޔުއްވުމަށްޓަކައި އިތުރު 8 ތަނެއް ފާހަގަ ކުރައްވާފައިވެއެވެ. އަދި 12 ވަނަ ފޮތުގައި ސަބަބުއް ނުޒޫލު ލިޔުއްވާފައި ވަނީ ހަމައެކަނި ޔޫސުފް ސޫރަތުގެ މުގައްދިމާގައެވެ.

އަދި ނުނިމި ހުރި 18 ވަނަ ފޮތުގައި، މުއުމިނޫނާއި ފުރްޤާން، މި ދެ ސޫރަތުގައި ސަބަބުއް ނުޒޫލު ލިޔުއްވާފައިވެއެވެ. އަދި ހަމަ އެ ފޮތުގެ ނޫރު ސޫރަތުގައި 3، 10، 16 އަދި 22 މި އާޔަތްތަކަށް ސަބަބުއް ނުޒޫލު ޑްރާފްޓެއްގެ ގޮތުގައި ލިޔުއްވާފައިވެއެވެ.

ދެން 8، 9، 11، 12 މި ފޮތްތަކުގައި އެއްވެސް ވަރަކަށް ސަބަބުއް ނުޒޫލު ލިޔުއްވާފައެއް ނުވެއެވެ.

މުއައްލިފު ނިޔާވިތާ 2 އަހަރަށް ފަހު، ނުނިމި ހުރި 7 ފޮތުގެ ތަފްސީރު، އިން ޝާއަ ﷲ، ލިޔެ ނިންމާލުމުގެ މަސައްކަތް އަހަރެން މި ދަނީ ކުރަމުންނެވެ. އެއީ 18، 19، 20، 21، 22، 23، 24، 25 މި ފޮތްތަކެވެ. އެ ގޮތުން 18 އާއި 19 ވަނަ ފޮތުގެ ބަޔެއް ހިނގައްޖެއެވެ. وَبِاللَّهِ التَّوفِيق.

އިންޑިޒައިން ފައިލުތައް އެކްސެލް ޓޭބަލްތަކަށް ކޮންވާޓުކުރާ ސްކްރިޕްޓް ހެދީ މުޙައްމަދު ޖައިލަމް، جَزَاهُ اللَّهُ خَيرًا. އެއަށްފަހު މި ކޮޅުން އެ ޓޭބަލްތައް ސާފުކޮށް ތަރުތީބުކޮށް ޑޭޓަބޭސަކަށް އެޅީމެވެ.


...


Technical notes regarding the database text

Translation json columns:

1. tafseer.

2. footnote.

The text is sourced righted here on Hadithmv.