اسم الكتاب: (كتاب) العلم لأبي خيثمة - (زهير بن حرب النسائي ت ٢٣٤ هـ)
تحقيق: محمد ناصر الدين الألباني | الناشر: المكتب الإسلامي - بيروت | الطبعة الثانية، ١٤٠٣ هـ - ١٩٨٣ م.

ފޮތުގެ ނަން: އިލްމުގެ ފޮތް | ލިޔުނީ: އަބޫ ޚައިޘަމާ ޒުހައިރު ބިން ޙަރްބު އައްނަސާއީ (234 ހ.)
ތަހްގީގުކުރީ: މުޙައްމަދު ނާޞިރުއްދީން އަލްއަލްބާނީ | ޗާޕުކުރީ: އަލްމަކްތަބުލް އިސްލާމީ | ދެވަނަ ޗާޕު 1403 ހ. - 1983 މ.

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ޕީޑީއެފް


ވިކިސޯރސްގައި ވާ އީ-ފޮތް

تحقيق علاءالدين محمد اسماعيل ޕީޑީއެފް

تحقيق رياض حسين عبد اللطيف الطائي ޕީޑީއެފް

قضاء الأرب من كتاب زهير بن حرب - شرح شدوان بن محمد البيضاني އީ-ފޮތް

شرح عبد الكريم الخضير އީ-ފޮތް | ޕީޑީއެފް


ތަރުޖަމާގެ މުގައްދިމާ - مقدمة المترجم

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން


10

كتاب العلم

للإمام الحافظ المحدث أبي خيثمة زهير بن حرب النسائي

المتوفى سنة ٢٣٤ هـ


ޢިލްމުގެ ފޮތް

އަލްއިމާމު އަބޫ ޚައިޘަމާ ޒުހައިރު ބްނު ޙަރްބު އައްނަސާއީ رحمه الله

އަވަހާރަވީ (234 ހ.)


ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ


މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.


ފުރަތަމަ ޗާޕު

ރަޖަބު 1446 ހ / ޖެނުއަރީ 2025 މ


دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

މުއައްލިފުގެ ކުރު ތަޢާރަފެއް

އެކަލޭގެފާނީ އަލްޙާފިޡު އަލްއިމާމު، މުޙައްދިޘުން އުސްތާޛު އަބޫ ޚައިޘަމާ ޒުހައިރު ބްނު ޙަރްބު ބްނު ޝައްދާދު އަލްޙަރްޝީ އައްނަސާއީ އެވެ. އުފަންވެވަޑައިގަތީ ހިޖުރައިން 160 ވަނަ އަހަރުއެވެ. ޢިލްމު ހޯއްދެވުމުގައި އެކިކަންކޮޅުތަކަށް ދަތުރުކުރެއްވިއެވެ. ދެން އެއަށްފަހު އުޅުއްވީ ބަޣުދާދުގައިއެވެ.

އަބޫ ޚައިޘަމާއަކީ އިމާމް ބުޚާރީއާއި މުސްލިމްގެ އުސްތާޛެކެވެ. އަދި އިމާމް މުސްލިމްގެ ޞަޙީޙުގައި އަބޫ ޚައިޘަމާގެ އަރިހުން ހާހަކަށްވުރެ ގިނަ ޙަދީޘް ނެރުއްވިއެވެ. ކުތުބުއް ސިއްތާގައި އައްތިރްމިޛީ ފިޔަވައި ދެން ތިބި ބޭކަލުން އަބޫ ޚައިޘަމާގެ އަރިހުން ރިވާކުރެއްވިއެވެ. އަދި އައްނަސާއީ މެދުވެރިޔަކު ލައިގެން އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވިއެވެ.

އެކަލޭގެފާނުގެ ޝެއިޚުންގެ ތެރޭގައި: ޖަރީރު ބްނު ޢަބްދުލް ޙަމީދު، ސުފްޔާނު ބްނު ޢުޔައިނާ، ވަކީޢު ބްނުލް ޖައްރާޙު، ޔަޙްޔާ އަލްޤައްޠާނު، ޔަޒީދު ބްނު ހާރޫނު، ޙަފްޞު ބްނު ޣިޔާޘު، ޢަބްދުއް ރައްޒާޤު، ބިޝްރު ބްނުއް ސައްރީއާއި އެނޫންވެސް ބައިވަރު ބޭކަލުން ހިމެނެއެވެ.

އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި: އެކަލޭގެފާނުގެ ދަރިކަލުން އަބޫބަކުރު އަޙްމަދު ބްނު އަބީ ޚައިޘަމާ، އަލްބުޚާރީ، މުސްލިމް، އަބޫ ދާވޫދު، އިބްނު މާޖާ، އަބޫ ޒުރްޢާ، އަބޫ ޙާތިމު، އިބްނު އަބިއް ދުންޔާ، އަބޫ ޔަޢުލާ، މޫސާ ބްނު ހާރޫނު، އަބުލް ޤާސިމު އަލްބަޣަވީއާއި އެތައް ބައިވަރު ބޭކަލުން ހިމެނެއެވެ.

އެކަލޭގެފާނުގެ ޢިލްމުވެރިކަމާ އިތުބާރުވެރިކަމަށް އުއްމަތްވަނީ އިއްތިފާޤުވެގެންނެވެ. އަހަރުމެންނަށް އައިސްފައިވާ އެތައް ބައިވަރު ޙަދީޘްތަކެއް ފޯރާފައިވަނީ އެކަލޭގެފާނުގެ މަގުން ލާފައިއެވެ.

ޔަޙްޔާ ބްނު މަޢީނު ވިދާޅުވިއެވެ:

«أبو خيثمة ‌زهير ‌بن ‌حرب يكفي قبيلة» ⁽¹⁾

_________

⁽¹⁾ الجرح والتعديل لابن أبي حاتم: 3/591

މާނައީ: "އަބޫ ޚައިޘަމާ ޒުހައިރު ބްނު ޙަރްބު ޤަބީލާއަކަށްވެސް ފުދެއެވެ!"

އަބޫ ޚައިޘަމާ އަވަހާރަވީ ހިޖުރައިން 234 ވަނަ އަހަރު ޝަޢުބާން މަހުގައި ޢުމުރުފުޅު 74 އަހަރުގައިއެވެ. ﷲ تبارك وتعالى އެކަލޭގެފާނުގެ ފުރާނަފުޅަށް ރަޙްމަތްލައްވާ، ފިރްދައުސް ރިޒްޤުކުރައްވާށިއެވެ.


ފޮތުގެ ކުރު ތަޢާރަފެއް

މިއީ ކުރީގެ ސަލަފުންގެ އިމާމެއްކަމުގައިވާ އަބޫ ޚައިޘަމާ ޒުހައިރު ބްނު ޙަރްބު، ޢިލްމާ ބެހޭގޮތުން ލިޔުއްވާފައިވާ ކުރު ފޮތެކެވެ. ޢިލްމުގެ މާތްކަމާއި، ޢިލްމު ހޯދުމުގެ ބައެއް އަދަބުތަކާއި އަޚްލާޤުތައް އެކަލޭގެފާނު މިފޮތުގައި ގެންނެވިއެވެ. އަދި ކުރީގެ ބޭކަލުންގެ އުޞޫލުގެ މަތިން އެކަލޭގެފާނު މުޅިންވެސް ގެންނަވާފައިވަނީ އޭގެ ކުރިން އުޅުއްވި ޞަޙާބީންނާއި، ތާބިޢީންނާއި، އޭގެ ފަހުން އައި ބޭކަލުންގެ ބަސްފުޅުތައް ސަނަދުތަކުންނެވެ.

މިފަދަ ފޮތެއް ޚިޔާރުކުރެވުނު ސަބަބަކީ ކުރީގެ ސަލަފުންގެ ބޭކަލުން ފޮތް ލިޔުއްވި އުޞޫލާއި ގެންގުޅުއްވި ގޮތްތައް އެނގި ފަރިތަވެގެންދިޔުމަށްޓަކައިއެވެ. އެގޮތުން އެންމެ ކުރީގައި ފޮތް ލިޔެވުނަސް އެރިވާކުރެވެނީ ސަނަދަކާ އެކުގައިއެވެ. އެގޮތުން މިފޮތުގައިވެސް ކޮންމެ އަޘަރެއްގެ ފެށުމުގައި، މުއައްލިފު އަބޫ ޚައިޘަމާ ކިޔާދެއްވިކަމަށް ސަނަދު ގެނެވިގެންވެއެވެ. އެއީ އެކަލޭގެފާނުގެ ފޮތް ރިވާކުރެއްވި އަބުލް ޤާސިމު އަލްބަޣަވީގެ ބަސްފުޅުންނެވެ.

އަދި އެއާއެކު ދަންނަން ޖެހޭ ކަމަކީ ޝަރުޢީ ނައްޞުތަކުގައި އަދި ސަލަފުންގެ ބަސްފުޅުތަކުގައި މަދަޙަ ތަޢުރީފު ލިބިގެން އައިސްފައިވާ ޢިލްމަކީ ދީނުގެ ޢިލްމެވެ. ދުނިޔަވީ ޢިލްމުތަކެއް ނޫނެވެ. ދުނިޔަވީ ޢިލްމުތަކަށް އެބޭފުޅުން ނަންދެއްވަނީ ޞިނާޢަތްތައް ކަމުގައިއެވެ. އަދި ދުނިޔަވީ ޢިލްމަކީ އޭގެ ޒާތުގައި އަޖުރެއް ޘަވާބެއް ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. އެކަމެއް ބޭނުން ކުރެވޭ ގޮތަކަށް އަދި ވަސީލަތެއްގެ ގޮތުގައި ހިފޭ ބޭނުމާއި ނިޔަތުގެ މައްޗަށް އަންނަ އަޖުރެއް މެނުވީއެވެ. އެއާ ޚިލާފަށް ޝަރުޢީ ޢިލްމަކީ އޭގެ ޒާތުގައި އަޖުރު ހުރި ހެވެކެވެ. އަދި އެއުނގެނުމަކީ އަޅުކަމެކެވެ. އަދި އޭގެ ފަރުޟުވާ ދަރަޖައާއި އޭގެ ދަށު ދަރަޖަތައްވެއެވެ. ޝަރުޢީ ޢިލްމަކީ، އަދި ކުރީގެ ބޭކަލުން ޢިލްމުވެރިންކަމުގައި އިޠުލާޤުކުރައްވަނީވެސް ޙަދީޘްގެ އަޞްހާބުން ނުވަތަ ޙަދީޘާއި ސުންނަތުގެ ޢިލްމުވެރިންނަށެވެ. އެއާއެކު އަމިއްލަ ބުއްދިއާއި ވިސްނުމާއި ރައުޔުތަކުން ދީނުގެ ކަންކަމުގައި ވާހަކަދައްކާ މީހުން ފަރަޤުކުރައްވާ އެމީހުންނަކީ އަހުލުއް ރައުޔު (ރައުޔުގެ އަހުލުވެރިން) ކަމުގައި ނަންދެއްވާ، އެމީހުންނަށް ނުބައި ބަސްތައް ބުނެވިގެން އައިސްފައިވެއެވެ. މިކަންކަން ފާހަގަކުރަން ޖެހުނީ މިކަންކަން އެއްކޮށްލާ މަސްހުނިކޮށްލުމުގައި ހަދާފައިވާ ގޯހުގެ ސަބަބުންނެވެ. އެގޮތުން އެއްބަޔަކު އޭގެ މައްޗަށް އަޖުރާއި ދަރުމައާއި މާތްކަން އައިސްފައިވާ ޢިލްމާއި ޢިލްމުވެރިންގެ ނައްޞުތައް ދުނިޔަވީ ޢިލްމުތަކަށް ފައްތާ، ޑޮކްޓަރުންނާއި، އިންޖިނޭރުންނާއި، ސައިންޓިސްޓުންނާ އެނޫން މީސްމީހުންނަށް ފެއްތިއެވެ. އަނެއްބަޔަކު ދީނުގެ ފޭރާން ލައްވާ ދީނުގެ ތެރެއަށް ވައްދާފައިވާ ކަލާމާއި ފަލްސަފާއާއި ރައުޔުތަކަށްވެސް ޢިލްމުގެ އަޖުރު ހުރި ނައްޞުތައް ފެއްތިއެވެ. އެހެންކަމުން މިކަންކަމާމެދު ސަމާލުވުން ހުއްޓެވެ.

އަބޫ ޚައިޘަމާގެ ކިތާބުލް ޢިލްމު ފޮތުގައިވަނީ 163 އަޘަރެކެވެ. އޭގެ އިތުރަށް އަބުލް ޤާސިމު އަލްބަޣަވީ އިތުރަށް ރިވާކުރެއްވި 5 ޙަދީޘެއްވެސް ފޮތާ ގުޅުވިފައިވެއެވެ. 163 އަޘަރުގެ ތެރެއިން 'މަރްފޫޢު' ކޮށް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރެއްވިކަމަށްވަނީ 12 ޙަދީޘެވެ. އަދި 'މައުޤޫފު' ކޮށް ޞަޙާބީންގެ ބަސްފުޅުތަކުން 65 އަޘަރެވެ. އަދި 'މަޤްޠޫޢު' ކޮށް ތާބިޢީންނަށް ނިސްބަތްވާ 86 އަޘަރެވެ. އަދި މުއައްލިފަކީ އެންމެ އިހުގެ ބޭކަލެއްކަމުގައިވެ، މަޝްހޫރު އިމާމުވެރި ބޭކަލުންގެ އުސްތާޛެއް އަދި މަޝްހޫރު ބޭކަލުންގެ އަރިހުން ރިވާކުރެއްވި ބޭކަލެއްކަމުގައިވުމުން ސަނަދުތައް މަތިވެފައި ޞައްޙަކަން ބޮޑުވެގެންވެއެވެ.

އަހަރުމެން މިފޮތް ތަރުޖަމާކުރުމުގައި އަޞްލަކަށް ބެލީ މަކްތަބަތުލް މަޢާރިފު އިން 1421ހ ވަނަ އަހަރު ނެރެފައިވާ ފުރަތަމަ ޗާޕަށެވެ. ދެން އެއާއެކު މިފޮތުގެ ޝަރަޙައާއި ނުސްޚާތަކުގެ ތަފާތުތަކާއެކު 2 މުޖައްލަދުގެ މައްޗަށް، ޝަދުވާނު ބްނު މުޙައްމަދު އަލްބައިޟާނީ ލިޔުއްވާފައިވާ ފޮތް (قَضَاءُ الْإِرْبِ مِنْ كِتَابِ زُهَيرِ بْنِ حَرْب) މިފޮތުން ފައިދާ ނެގިފައިވާނެއެވެ. އެއާއެކު އާޔަތްތަކުގެ މަޞްދަރާއި، މަރްފޫޢުކޮށްވާ ޙަދީޘްތައް ނެރެވިފައިވާ އެހެން ފޮތްތައް ބަޔާންކުރެވިފައިވާނެއެވެ. އަދި ބައެއް އަޘަރުތަކަށް އިތުރު ތަޢުލީޤުތަކާއި ޝަރަޙައާއި އެހެން ބަސްފުޅުތައް ހިމަނައިގެން ގެނެވިފައިވާނެއެވެ.

ދުޢާއަކީ މިއީ ﷲ ގެ ވަޖްހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރެވުނު މަސައްކަތެއްކަމުގައި ލައްވާ، މިދީން ނެގެހެއްޓި އިމާމުވެރި ބޭކަލުންގެ ޙައްޤު މަންހަޖާއި މަގާއި އަދަބުތަކުގައި އަހަރުމެން ޘާބިތުކުރައްވާ، އެބޭކަލުންނާއެކު އެބޭކަލުންގެ ބަސްފުޅުތަކާއި އަޚްލާޤާއެކު ހޭދަކޮށްލެވުނު އެބޭކަލުންނަށް އޮންނަ ލޯބި އިތުރުވި ވަޤުތުކޮޅެއްކަމުގައި މިފޮތް ކިޔުނު ވަޤުތުލައްވާ، އަދި އެބޭކަލުންނާއެކު ﷲ ގެ ރަޙްމަތުގެ ގޮވެތީގައި އަހަރުމެން ޖަމަޢަކުރެއްވުމެވެ.


ތަހްގީގުކުރެވުނު ފޮތުގެ މުގައްދިމާ އަރަބިން - مقدمة المحقق

بسم الله الرحمن الرحيم[*]

_________

[*] (تعليق الشاملة): طبع الكتاب أول مرة عام 1385 هـ ضمن مجموع باسم «مِن كنوز السنة» قال الشيخ الألباني في مقدمته:
«فهذه أربع رسائل. . . أزمعنا على نشرها. . . ويعود الفضل في البدء بذلك إلى فضيلة الشيخ محمد نصيف. . . فهو الذي كان كتب إلي سنة (1383 هـ) - وأنا يومئذ في المدينة المنورة - أن اختار له بعض الرسائل المخطوطة التي لم يسبق أن نشرت من قبل، فانتقيت له من فهرستي التي كنت جمعت فيها أسماء كتب الحديث المحفوظة في المكتبة الظاهرية بدمشق، الرسائل المشار إليها، وهي لبعض الأئمة المعروفين بالحفظ والعلم والعقيدة الصحيحة، وأرسلت بأسمائها إليه وهي:
1 - كتاب الإيمان. للحافظ أبي بكر بن أبي شيبة. (159 - 235).
2 - كتاب الإيمان. للإمام أبي عبيد القاسم بن سلام (159 - 224).
3 - كتاب العلم. للحافظ أبي خيثمة زهير بن حرب (160 - 234).
4 - كتاب اقتضاء العلم العمل. للخطيب البغدادي (392 - 463)
ومن نحو أربعة أشهر، كتب فضيلته إلينا برغبته في أن نقوم بطبعها في دمشق مع التعليق عليها، فاستجبت لرغبته. . .»

هو أبو خيثمة زهير بن حرب بن شداد النسائي⁽¹⁾.

_________

⁽¹⁾ بفتح النون، نسبة إلى مدينة كانت بـ (خراسان) يقال لها: (نسا)، وينسب إليها أيضًا (نسوي).

حافظ كبير، ثقة ثبت.

حدث عن جماعة من الأئمة، مثل سفيان بن عيينة، وهشيم بن بشير، ويحيى بن سعيد القطان، وعبد الرحمن بن مهدي، ووكيع، وخلق.

وعنه جماعة من الأئمة، منهم البخاري، وأكثر عنه مسلم، حتى روى عنه ألف حديث ومائتي حديث وزيادة.

اتفق العلماء على توثيقه، وقال ابن حبان:

"كان متقنًا ضابطًا، من أقران أحمد، ويحيى بن معين".

وقال الخطيب في "تاريخ بغداد " (8/ 482):

"كان ثقة ثبتًا، حافظًا متقنا".

ولد سنة ستين ومائة، ومات سنة أربع وثلاثين ومائتين.


الوجه الأول من الأصل المخطوط[*]

_________

[*] (تعليق الشاملة): جاء في مقدمة المجموع، الواردة في صدر كتاب «الإيمان لابن أبي شيبة» ط المكتب الإسلامي (ص 9) ما نصه:
«وأما الرسالة الثالثة: "العلم لأبي خيثمة"
فاعتمدنا فيها على نسخة جيدة كتبها الشيخ أبو أحمد بوران [كذا الأصل بإهمال الحرف الأول، وهو اسم أعجمي، وفيهم من يسمى "بوران" بالباء الموحدة ومن يسمى "توران" بالتاء المثناة من فوق. انظر حاشية "المشتبه للذهبي".] بن سنقر بن عبد الله الرومي. وفي آخرها سماع لجماعة منهم الكاتب، على الشيخ أبي الحسن علي بن محمد بن عبد الكريم الجزري بن الأثير المؤرخ الشهير، كتبه علي بن محمد بن عبد الكريم سنة أربع عشرة وستمائة.
وقابلتها بنسخة أخرى أقدم من هذه، وأصح، كتبها عبد السلام بن أبي بكر بن أحمد الدمشقي الشافعي سنة ثلاث وثمانين وخمسمائة.
وكل من النسختين يتصل إسنادها بالشيخ أبي الفرج يحيى بن محمود بن سعد الأصبهاني، وقد وصفه الحافظ الذهبي في "سير النبلاء " (13/ 30 / 2) بـ "الشيخ المسند الجليل العالم" (414 - 584).
وهو عن الشيخ أبي الفتح إسماعيل بن الفضل بن أحمد بن الأخشيد السراج، قال الذهبي (12/ 126/ 2): "الشيخ الأمين المسند الكبير أبو سعد، ويكنى أيضًا أبا الفتح، وبها كناه السمعاني، وكناه بأبي سعد أبو طاهر السلفي، ووثقه (436 - 524) ".
ويبدو أنه يكنى بأبي الفضل أيضًا، فقد كني بها في أول الكتاب في النسخة الأخرى كما نبهت عليه فيما يأتي (ص 109) من هذه المجموعة.
وهو عن أبي حفص عمر بن إبراهيم بن أحمد الكتاني المقريء، وصفه الذهبي بقوله (10/ 267/ 2).
"الإمام المحدث الثقة بقية المسندين الأصبهاني الكاتب، قال يحيى بن منده: "ثقة"، وقال عبد الغافر النخشبي: "لم يحدث في وقته أوثق منه". مات سنة خمس وأربعين وأربعمائة".
وهو عن أبي حفص عمر بن إبراهيم بن أحمد الكتاني المقري، وصفه الذهبي بقوله (10/ 267/ 2): "الإمام المقريء المحدث المعمر".
وترجمه الخطيب في "تاريخ بغداد" وقال (11/ 269):
"وكان ثقة، ذكره محمد بن أبي الفوارس فقال: كان لا بأس به، ولد في سنة ثلاثمائة، وتوفي سنة تسعين وثلاثمائة".
وأما أبو القاسم علي بن عبد العزيز البغوي راوي الكتاب عن المؤلف رحمه الله تعالى، فهو حافظ ثقة مشهور، مترجم في "تذكرة الحفاظ" (2/ 178/ 179)، فمن شاء زيادة المعرفة، فليرجع إليه.
ومما سبق يتبين للقراء الكرام أن هذه الرسالة صحيحة الإسناد إلى مؤلفها، رواها علماء أجلاء بعضهم عن بعض، حتى وصلت إلينا في كتاب بخط العلماء الثقات وإسماعهم، فهي حري بالوثوق بها، والاعتماد عليها، وقد ذكرها كاتب جلبي في "كشف الظنون"، كما ذكر سائر الرسائل الأربع.»

الوجه الأخير من الأصل المخطوط


[الكتاب]