اسم الكتاب: كلمة الإخلاص وتحقيق معناها (أو التوحيد أو تحقيق كلمة الإخلاص) لابن رجب - (أبو الفرج عبد الرحمن بن أحمد بن رجب الحنبلي ت ٧٩٥ هـ)
المتن من الشرح: شرح رسالة كلمة الإخلاص لابن رجب الحنبلي
الشارح: عبد الرحمن بن ناصر البراك | الناشر: مؤسسة وقف الشيخ عبد الرحمن بن ناصر البراك - السعودية | الطبعة الثانية ١٤٤٣ هـ - ٢٠٢٢ م.

ފޮތުގެ ނަން: އިޚްލާސްގެ ކަލިމައާއި އޭގެ މާނަ ތަހްގީގުކުރުން | ލިޔުނީ: އަބުލް ފަރަޖު ޢަބްދުއްރަޙްމާން ބިން އަޙްމަދު ބިން ރަޖަބު (224 ހ.)
(އަބޫ ބަކުރު މުޙައްމަދު ބިން އަލްޙުސައިން ބިން ޢަބްދު ﷲ އަލްއާޖުއްރީ 360 ހ.)
ޝަރަހަކުރީ: ޢަބްދުއްރަޙްމާން ބިން ނާޞިރު އަލްބައްރާކު | ޗާޕުކުރީ: އަލްބައްރާކުގެ ވަގްފު މުއައްސަސާ | ދެވަނަ ޗާޕު 1443 ހ. - 2022 މ.

އަރަބި އީ-ފޮތް | ޕީޑީއެފް

ދާރު ފިތްޔަތިލް ކަހްފިގެ ޕީޑީއެފް


ވިކިސޯރސްގައި ވާ އީ-ފޮތް

تحقيق طلعت بن فؤاد الحلواني އީ-ފޮތް | ޕީޑީއެފް

تحقيق عماد طه فرة ޕީޑީއެފް

تحقيق صبري بن سلامة شاهين ޕީޑީއެފް

طبعة المكتب الإسلامي - حققها وراجعها: زهير الشاويش - خرج أحاديثها: الألباني އީ-ފޮތް | ޕީޑީއެފް

تحقيق محمود خليفة و أحمد شرباصي ޕީޑީއެފް


الفريد في شرح كتاب التوحيد - المنصوب إلى البراك - اللذي صدر بتحقيق صبري سلامة شاهين ޕީޑީއެފް

شرح محمد صالح المنجد އީ-ފޮތް

شرح حامد بن خميس الجنيبي ޕީޑީއެފް

شرح عبد الرحمن بن ناصر البراك ޕީޑީއެފް


ތަރުޖަމާގެ މުގައްދިމާ - مقدمة المترجم

من سلسلة الرسائل العلمية لدار فتية الكهف

ދާރު ފިތްޔަތިލް ކަހްފިގެ ޢިލްމީ ލިޔުންތަކުގެ ސިލްސިލާގެ ތެރެއިން


9

كلمة الإخلاص وتحقيق معناها

للحافظ المحدث زين الدين عبد الرحمن بن أحمد بن رجب الحنبلي

المتوفى سنة ٧٩٥ هـ


އިޚުލާޞުގެ ކަލިމައާއި އޭގެ މާނަ ތަޙްޤީޤުކުރުން

އަލްޙާފިޡު އިބްނު ރަޖަބު އަލްޙަންބަލީ رحمه الله

އަވަހާރަވީ (795 ހ.)


ތަރްޖަމާ ކުރީ:

مازع بن أبي عبد الله الأثري

މާޒިޢު ބްނު އަބީ ޢަބްދި ﷲ އަލް އަޘަރީ


މިފޮތް ޗާޕުކޮށް ނެރެ ޝާއިޢު ކުރުމުގެ ޙައްޤު، ކޮންމެ މުސްލިމު ފަރުދެއްގެ މައްޗަށްވެސް ލިބިގެންވެއެވެ. އެހެނަސް އެއީ، މިފޮތުގައި ލިޔެފައިވާ އެއްވެސް އެއްޗަކަށް އެއްވެސް އުނިއިތުރުކުރުމެއް ނުވަތަ ބަދަލުކުރުމެއް ނުގެންނެވުމުގެ ޝަރުޠުގެ މަތީންނެވެ.


ފުރަތަމަ ޗާޕު

ރަބީޢުއް ޘާނީ 1446 ހ / އޮކްޓޯބަރ 2024 މ


دار فتية الكهف

ދާރު ފިތްޔަތިލް ކަހްފި

https://t.me/DarAlFityah

YouthOfCaveDFK@gmail.com


بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ

މުއައްލިފުގެ ކުރު ތަޢާރަފެއް

އެކަލޭގެފާނީ އަލްޙާފިޘު އަލްމުޙައްދިޘް އަލްފަޤީހު އަލްއިމާމު ޒައިނުއްދީން އަބުލް ފަރަޖު ޢަބްދުއް ރަޙްމާނު ބްނު އަޙްމަދު ބްނު ޢަބްދުއް ރަޙްމާނު ބްނުލް ޙަސަނު އައްސަލާމީ އަލްބަޣުދާދީ އަލްޙަންބަލީއެވެ. މަޝްހޫރުވެގެންވަނީ އިބްނު ރަޖަބުގެ ނަމުންނެވެ. އެއީ އެކަލޭގެފާނުގެ ކާފަ ޢަބްދުއް ރަޙްމާނުގެ ލަޤަބުންނެވެ.

އެކަލޭގެފާނު އުފަންވެވަޑައިގަތީ ހިޖުރައިން 736ހ އަހަރު ބަޣުދާދުގައިއެވެ. އެއީ ދީނާއި ޢިލްމާއި ހެޔޮކަމުގެ ޢާއިލާއަކަށެވެ. އެގޮތުން އިބްނު ރަޖަބު ތުއްޕުޅުއިރު ބައްޕާފުޅާއި ކާފާފުޅުގެ އަރިހުން ޢިލްމު ޙާޞިލުކުރައްވާ، މަޖްލިސްތަކަށް ޙާޒިރުވެލައްވައެވެ. އަދި މިޞްރާއި، ޙިޖާޒުކަރައާއި، ދިމަޝްޤުގެ ޙަދީޘް ޢިލްމުވެރިންގެ ކިބައިން ޙަދީޘް ނެންގެވިއެވެ. އަދި ޙަދީޘް ޢިލްމުގެ ފަންނުތަކުގައި ކުރިއަރާގޮސް، ރިޖާލުންނާއި ޢިލަލާއި ސަނަދުތަކާއި މުޞްޠަލަޙުގައި ފުންނާބު އުސް ބޭކަލެއްކަމުގައިވިއެވެ. އަދި ޙަންބަލީ މަޛްހަބުގައި ރުޖޫޢަވެވޭ ބޮޑު ބޭކަލެއްކަމުގައިވިއެވެ.

އެކަލޭގެފާނުގެ ޝެއިޚުންގެ ތެރޭގައި: ބައްޕާފުޅު އަޙްމަދު ބްނު ޢަބްދުއް ރަޙްމާނުއާއި، އިބްނު ޤާޟީ އަލްޖަބަލުއާއި، އިބްނު އައްނަޤީބުއާއި، އިބްނުލް ޚައްބާޒުއާއި، މަޝްހޫރު އިބްނުލް ޤައްޔިމު ހިމެނެއެވެ.

އެކަލޭގެފާނުގެ ދަރިވަރުންގެ ތެރޭގައި: އިބްނުއް ރައްސާމުއާއި، އިބްނު ނަޞްރު ﷲ އާއި، އިބްނުއް ލައްޙާމުއާއި، އިބްނުލް މުލައްޤިނުއާއި އެތައް ބައިވަރު އެހެން ބޭފުޅުން ހިމެނެއެވެ.

އިބްނު ރަޖަބު އެތައް ޢިލްމުތަކެއްގައި އަގުހުރި ބައިވަރު ފޮތްތައް ލިޔުއްވާފައިވެއެވެ. އޭގެ ތެރޭގައި ބުޚާރީގެ ޝަރަޙަ ފަތުޙުލް ބާރީ، އައްޛައިލު ޢަލާ ޠަބަޤާތިލް ޙަނާބިލާ، ލަޠާއިފުލް މަޢާރިފު، ޝަރްޙު ޢިލަލު އައްތިރްމިޛީ، ޖާމިޢުލް ޢުލޫމި ވަލްޙިކަމް، ތަޙުރީރުލް ޤަވާޢިދުއާއި އެތަކެއް ރިސާލާތައް ހިމެނެއެވެ.

އެކަލޭގެފާނަށް ކިޔިފައިވާ ޘަނާއަށް ބަލާއިރު، އިބްނު ޙިއްޖީ ވިދާޅުވިއެވެ:

(أتقن الفنّ- أي فنّ الحديث- وصار أعرف أهل عصره بالعلل، وتتبع الطرق، وتخرّج به غالب أصحابنا الحنابلة بدمشق)⁽¹⁾

_________

⁽¹⁾ شذرات الذهب في أخبار من ذهب: 8/580

މާނައީ: "އެކަލޭގެފާނު މިފަންނު -އެބަހީ: ޙަދީޘްގެ ފަންނު- އިތުޤާނުކޮށް ފުރިހަމަކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ ޒަމާނުގެ އަހުލުވެރިންގެ ތެރެއިން، ޙަދީޘްގެ ޢިއްލަތްތަކާއި، މަގުތައް ހޯދުމުގެ އެންމެ ޢިލްމުވެރި ދަނެގެންވާ ބޭފުޅާކަމުގައިވިއެވެ. އަދި ދިމަޝްޤުގައި އުޅޭ އަހަރުމެންގެ ޙަންބަލީ އަޞްޙާބުންގެ ގިނަ މީހުން ތަޚައްރުޖުވެ ދަސްވެނިވީ އެކަލޭގެފާނު މެދުވެރިކޮށެވެ."

އިބްނު ޤާޟީ ޝުހްބާ ބަޔާންކުރިއެވެ:

(الشيخ الإمام العلامة الحافظ الزاهد الورع، شيخ الحنابلة ‌وفاضلهم، ‌أوحد ‌المحدثين... كتب وقرأ وأتقن الفن، واشتغل في المذهب حتى أتقنه، ثم أكبّ على الاشتغال بمعرفة فنون الحديث وعلله ومعانيه وانفرد وحده بكتب. . وينقلُ كثيرًا من كلامِ المُتَقَدِّمين، وكانَ يحفظُ كثيرًا من كلام السَّلفِ، وكان مُنْجَمِعاً عن النَّاس، لا يُخالط ولا يَتَرَدَّدُ إلى أحد من ذوى الولايات)⁽²⁾

_________

⁽²⁾ الجوهر المنضد: 1/48-49

މާނައީ: "އައްޝެއިޚު، އަލްއިމާމު، އަލްޢައްލާމާ، އަލްޙާފިޡު، އައްޒާހިދު، ވަރަޢަވެރި ކަލޭގެފާނެވެ. ޙަންބަލީންގެ ޝެއިޚު އަދި އެމީހުންގެ ހެޔޮބޭފުޅާއެވެ. ލާމަސީލު މުޙައްދިޘް ކަލޭގެފާނެވެ. އެކަލޭގެފާނު ފޮތްފޮތް ލިޔުއްވާ، ކިޔުއްވާ، އަދި ފަންނު ފުރިހަމަކުރެއްވިއެވެ. އަދި (ޙަންބަލީ) މަޛްހަބު ފުރިހަމަކޮށް އިތުޤާނުކޮށްފުމަށް ދާންދެން މަޝްޣޫލުވެލެއްވިއެވެ. ދެން އެއަށްފަހު ޙަދީޘްގެ ފަންނުތަކާއި، ޢިއްލަތްތަކާއި، މާނަތަކުގައި މަޝްޣޫލުވާން ކުރިމަތިލެއްވިއެވެ. އަދި ފޮތްތަކާގެން އެކަހެރިވެލެއްވިއެވެ... އަދި އެކަލޭގެފާނު ކުރީގެ ބޭކަލުންގެ ބަސްފުޅުތަކުން ގިނައިން ގެންނަވައެވެ. އަދި ސަލަފުންގެ ބަސްފުޅުތަކުން ގިނަ ބަސްފުޅުތަކެއް އެކަލޭގެފާނު ހިތުދަހެވެ. އަދި އެކަލޭގެފާނު ވެލެއްވީ މީސްތަކުންނާ އެކަހެރިވެގެންވާ ބޭކަލެއްކަމުގައިއެވެ. ވެރިކަމާއި މަޤާމުތަކުގެ ވެރިންގެ ތެރެއިން އެކަކާވެސް އެކަލޭގެފާނު މަސްހުނިވެ، އަދި އެވެރިންގެ ގާތަށް ގޮސްވެސް ނޫޅުއްވައެވެ."

އިބްނު އައްލައްޙާމު ޛިކުރުކުރިއެވެ:

(ذكر لنا مرة الشيخُ مسألةً، ‌فأطنبَ ‌فيها، ‌فعَجِبْتُ من ذلك ومن إتقانه لها، فَوَقَعَتْ بعد ذلك بمحضرٍ من أرباب المذاهب وغيرهم، فلم يتكلَّمْ فيها الكلمةَ الواحدةَ، فلما قام، قلتُ له: ألَيْسَ قد تكلمت فيها بذلك الكلام؟ قال: إنَّما أتكلم بما أرجو ثوابَه، وقد خِفْتُ من الكلام في هذا المجلس)⁽³⁾

_________

⁽³⁾ الجوهر المنضد: 1/52

މާނައީ: "އެއްފަހަރަކު ޝެއިޚު އަހަރުމެންނަށް މައްސަލައެއް ޛިކުރުކޮށްދެއްވާ، އޭގައި ދިގުކޮށް ފުންކޮށް ވާހަކަދެއްކެވިއެވެ. ދެން އެކަމާމެދު އަދި އެކަލޭގެފާނު އެމައްސަލަ އިތުޤާނުކޮށް ފުރިހަމަކުރައްވާފައިވުމާމެދު އަހުރެން ޢަޖައިބުވިއެވެ. ދެން އެއަށްފަހު މަޛްހަބުތަކުގެ ބޮޑުންނާއި އެހެން ބައެއްގެ ޙާޒިރުގައިވާ ތަނެއްގައި އަހުރެންނާ ދިމާވިއެވެ. ދެންފަހެ އެމައްސަލާގައި އެންމެ ބަހެއްވެސް އެކަލޭގެފާނު ވިދާޅުނުވެއެވެ. ދެން އެކަލޭގެފާނު ތެދުވެވަޑައިގަތްހިނދު އަހުރެން ދެންނެވީމެވެ: "ޝެއިޚު އެމައްސަލާގައި ކުރިން އެވާހަކަތައް ދެއްކެވީމެއް ނޫންތޯއެވެ؟" ވިދާޅުވިއެވެ: "އަހުރެން ވާހަކަދައްކަނީ ހަމައެކަނި އެވާހަކަތަކެއްގެ ޘަވާބަށް އަހުރެން އެދި އުއްމީދުކުރާ ވާހަކައެކެވެ. އެކަމަކު މިމަޖްލިސްގައި ވާހަކަދައްކަން އަހުރެން ބިރުގަނެއެވެ."

އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން 795 ވަނަ އަހަރުގެ ރަމަޟާންމަހުގައި ދިމަޝްޤުގައިއެވެ.

އިބްނު ނާޞިރުއްދީން އައްދިމަޝްޤީ ވިދާޅުވިއެވެ:

(حدَّثنى من حفَر لحدَ ابن رَجَب أن الشَّيخ زين الدين بن رَجَب جاءه قبل أن يموت بأيام فقال: احفر لي ها هنا لحداً، وأشار إلى البقعة التى دفن فيها، قال: فحفرت له، فلما ‌فرغت ‌نزل ‌في ‌القبر واضطجع فيه فأعجبه، وقال: هذا جيِّدٌ، ثم خرج، قالَ فوالله ما شعرت بعد أيام إلَّا وقد أتى به مَيْتاً محمولاً في نعشه فوضعته في ذلك اللحد وواريته فيه)⁽⁴⁾

_________

⁽⁴⁾ الجوهر المنضد: 1/52

މާނައީ: "އިބްނު ރަޖަބުގެ ކަށްވަޅު ކޮނުނު މީހާ އަހުރެންނަށް ކިޔާދިނެވެ. އެގޮތުން ޝެއިޚު ޒައިނުއްދީން އިބްނު ރަޖަބު އަވަހާރަވުމުގެ ދުވަސްކޮޅެއްކުރިން އޭނާގެ ގާތަށް ވަޑައިގެން ވިދާޅުވިކަމަށެވެ: "އަހުރެންނަށް މިތަނުގައި ކަށްވަޅެއް ކޮނެދޭށެވެ." ދެން އެކަލޭގެފާނު މިހާރު ފަސްދާނުލެވިފައި އޮތް ސަރަޙައްދަށް އިޝާރާތްކުރެއްވިއެވެ. ދެން އަހުރެން ކޮނެފީމެވެ. ދެން ކޮނެ ނިމުނުތަނާ އެކަލޭގެފާނު އެޤަބުރަށް ފައިބާވަޑައިގެން އެތަނުގައި އޮށޯންނަވާ އެތަން ކަމުދިޔައެވެ. އަދި ވިދާޅުވިއެވެ: "މި ރަނގަޅެވެ." ދެން އެއަށްފަހު އެކަލޭގެފާނު ނިކުމެގެން ވަޑައިގަތެވެ. ﷲ ގަންދީ ބުނަމެވެ! މާ ގިނަ ދުވަސްތަކެއްވިކަމެއް ނޭނގި ދެން ފެނުނީ އެކަލޭގެފާނު މައްޔިތެއްގެ ގޮތުގައި ސަންދޯކުގައި އުފުލިގެން ގެނެވުނުތަނެވެ. ދެން އަހުރެން އެވަޅުގަނޑަށް އެކަލޭގެފާނު ލައި، އަދި އެވަޅުގަނޑުގެ ތެރެއަށް ފޮރުވާލާ ފަސްއެޅީމެވެ."

ﷲ ތަޢާލާ އެކަލޭގެފާނަށް ރަޙްމަތް ލައްވާ، ފާފަފުއްސަވާ، ސުވަރުގޭގެ މަތިވެރި ދަރަޖަތަކުގައި ލައްވާށިއެވެ.


ފޮތުގެ ކުރު ތަޢާރަފެއް

މިއީ އިބްނު ރަޖަބުގެ ކުރު ރިސާލާތަކުން ރިސާލާއެކެވެ. މިރިސާލާގައި ބަޔާންވެގެންވަނީ لَا إِلَهَ إِلَّا اللهُ ގެ މާތްކަމާއި، މަތިވެރިކަމާއި، ޝަރުޠުތަކެވެ. އަދި ބޮޑަށް އެކަލޭގެފާނު ތައުޙީދަށް އަލިއަޅުވާލާފައިވަނީ ހިތުގެ ޢަމަލާއި ﷲ ދެކެ ލޯބިވުމާއި އިޚްލާޞްތެރިވުމުގެ ދިމާލުންނެވެ. އަދި لَا إِلَهَ إِلَّا اللهُ ކިޔައިފި މީހާ ސުވަރުގެ ވަންނާނޭކަމަށް، އަދި ނަރަކައިގެ މައްޗަށް ޙަރާމްވެގެންވާކަމަށްވާ ޙަދީޘްތަކާމެދު ޢިލްމުވެރިންގެ ބަސްތައް ގެންނަވާ ޝަރަޙަކޮށްދެއްވިއެވެ. އަދި އެއާއެކު لَا إِلَهَ إِلَّا اللهُގެ މާތްކަމާއި އޭގެ މައްޗަށް އައިސްފައި ހުރި އަޖުރުގެ ނައްޞުތަކުން ބައެއް ބަޔާންކުރެއްވިއެވެ.

އެއާއެކު އަނެއްކަމަކީ އިބްނު ރަޖަބު މިފޮތުގައި ގިނަ ބަލިކަށި ޙަދީޘްތަކެއް ގެންނަވާފައިވުމެވެ. ކުރީގެ ޢިލްމުވެރިންނާއި ސަލަފުންގެ ގޮތަކީ އެބޭކަލުންގެ ފޮތްތަކުގައި ޞައްޙަ ޙަދީޘްތަކާއެކު އެއަށް ބާރުދިނުމަށް ބަލިކަށިކަމެއްވާ ޙަދީޘްތައްވެސް ގެންނެވުމެވެ. އެހެނީ ޙަދީޘެއްގައި ވަކި ގޮތަކުން ސަނަދުގައި ބަލިކަށިކަންވުމަކީ އަދި އެޙަދީޘް މުޅިން ދޮގުވެ ބާޠިލުވުމެއް ނޫނެވެ. އަދި ޙަދީޘެއްގެ ސަނަދު ޞައްޙަނުވުމަކީ ޙަދީޘްގައިވާ މާނަ ބާޠިލުވުމެއްވެސް ނޫނެވެ. އަދި އެއިން މުސްތަޤިއްލުކޮށް ވަކި ޙުކުމެއް ޘާބިތުކުރުމަށް ނަގާ ޙަދީޘަކާ، ޞައްޙަ ޙަދީޘަކަށް ބާރުދިނުމަށް ނުވަތަ އިތުރު ޝަރަޙަކޮށްދޭގޮތަށް އައިސްފައިވާ ރިވާޔަތަށް ޙުކުމްކުރުމުގައި ތަފާތުވެއެވެ. އަދި އިންސާނީ ބުއްދިތަކުން ނެރޭ ވާހަކައަކަށްވުރެ، ނަޤުލުކުރެވިގެން އައިސްފައިވާ ނައްޞު -ބަލިކަށިކަމެއް އުޅުނަސް- އައުލާވެގެންވެއެވެ. މިއީ ކަނޑައެޅިގެން އިނގޭ ބާޠިލު، ދޮގު، ހަދާފައިވާ ބުހުތާނު ރިވާޔަތްތަކާއި ޙަދީޘްތަކާ ޚިލާފަށެވެ. މިފޮތް ކިޔަމުންދާއިރު މިކަންކަން ބޮލުގައި ބެހެއްޓުން މުހިއްމެވެ. އަދި މިޒަމާނުގެ ބައެއް މީހުން ކަންތައްކުރާ ފަދައިން ރިވާޔަތެއް ބަލިކަށިވާއިރަށް އެބާޠިލުކޮށް ދޮގުކޮށްލުމަކީ ކުށެއްކަން ދެނެގަތުން ހުއްޓެވެ. އަދި ރަސޫލާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ މަރްފޫޢުކޮށްވާ ޚަބަރަކާ، ޞަޙާބީންނަށް މައުޤޫފުކޮށް އަދި ތާބިޢީންނާއި އޭގެ ފަހުންވީ ބޭކަލުންނަށް މަޤްޠޫޢުކޮށްވާ ޚަބަރުތަކާ ޙުކުމްކުރުމުގައި އެއްވަރު ނުކުރެވެއެވެ.

ބައެއް މުޙައްޤިޤުން ވިދާޅުވާގޮތުގައި މިރިސާލާއަކީ އިބްނު ރަޖަބުގެ ދަރުހެއް ނުވަތަ މަޖްލީހެއްގައި އިމްލާކުރެވުނު ވާހަކަތަކެއްކަމުގައިވުން، ނުވަތަ މިއީ އެހެން ރިސާލާއެއް ފުރިހަމަކޮށްދިނުމަށް ނުވަތަ ޚިޔާލާތުތަކަކަށްވުން އެކަށީގެންވެއެވެ. އެއީ މުޤައްދިމާއެއް ނެތި ސީދާ މައުޟޫޢަށް ފަށާފައިވުމާ، ފޮތެއް ބަހާހެން ބެއްސެވުމެއް ނެތުމާ މިފަދަ ކަންކަން ހުރުމުންނެވެ.

އަހަރުމެން މިރިސާލާ ތަރުޖަމާކުރުމުގައި 5 ޗާޕަކަށް ބެލީމެވެ. އެއީ كلمة الإخلاص وتحقيق معناها ގެ ނަމުގައި އަލްމަކްތަބަތުލް އިސްލާމީއިން ނެރެފައިވާ ހަތަރުވަނަ ޗާޕާއި، تحقيق كلمة الإخلاص ގެ ނަމުގައި މަޠްބަޢަތު މިޞްރު އިން ނެރެފައިވާ ޗާޕާއި، كلمة الإخلاص ގެ ނަމުގައި ޝެއިޚު އަލްބައްރާކުގެ ޝަރަޙައާއެކު ދާރުއް ތަދްމުރިއްޔާއިން ނެރެފައިވާ ފުރަތަމަ ޗާޕާއި، އަލްފާރޫޤުލް ޙަދީޘިއްޔާއިން އިބްނު ރަޖަބުގެ ރިސާލާތައް ޖަމަޢަކޮށްފައިވާ މަޖްމޫޢުގައި التوحيد ގެ ނަމުގައިވާ ރިސާލާއަށެވެ. އަދި އަހަރުމެން ބަރޯސާވާ މައިގަނޑު ޗާޕެއްކަމުގައި ބެލީ كلمة الإخلاص وتحقيق معناها ގެ ނަމުގައި ދާރުއް ޞަޙާބާ ލިއްތުރާޘް އިން ނެރެފައިވާ ފުރަތަމަ ޗާޕަށެވެ. އަދި ޗާޕުތަކުގައި އުނި އިތުރުވުމެއް ހުރިނަމަ ފުޓްނޯޓުގައި އެތަނެއް ފާހަގަކުރެވިގެންވާނެއެވެ.

އަދި ތަރުޖަމާކުރުމުގައި ބަލާފައިވާނީ ޢަރަބި ނައްޞުން ދޭހަވާ ސީދާ މާނަ ގެނެސްދިނުމަށެވެ. އަދި މުއައްލިފު ގެންނަވާފައިވާ އާޔަތްތަކާއި އަޘަރުތަކާއި ޙަދީޘްތަކާއި، އަދި ޅެންބައިތުތަކުން މަޞްދަރަކުން ފެނުނު އެއްޗެއް އޭގެ ޢަރަބި ނައްޞުން ގެނެސް، ފުޓްނޯޓުގައި މަޞްދަރުތައް ބަޔާންކުރެވިފައިވާނެއެވެ. އަދި އިތުރު ބަޔާނާއި ޝަރަޙަ ބައެއް ކަންކަމުގައި ގެނެވިފައިވާނެއެވެ. އަދި މަރްފޫޢުކޮށް ނަބިއްޔާ صلى الله عليه وسلم އަށް ނިސްބަތްކުރެވޭ ޙަދީޘްތަކުގެ ތެރެއިން ބަލިކަށިކަން އުޅޭ ޙަދީޘްތަކުގައި އެކަން ފާހަގަކުރެވިފައިވާނެއެވެ. އަދި އެކަމަށް އިޝާރާތެއް ނުކޮށްވާ ޙަދީޘްތަކަކީ ބަލައިގަނެވިފައިވާ، ޞައްޙަކުރުން ރާޖިޙުކުރެވިފައިވާ ޙަދީޘްތަކެވެ. އަދި މިކަމުގައި ޢިލްމުވެރިންގެ ބަސްފުޅުތަކާއި ތަޙްޤީޤުތަކުން ފައިދާ ހޯދާފައިވާނެއެވެ. އޭގެ އިތުރުން މިފޮތަކީ ކުރު ރިސާލާއެއްކަމުން މުއައްލިފު މިފޮތް ފަޞްލުތަކަށް ބައްސަވާ، ސުރުޚީ ލައްވާފައި ނުވާތީވެ، އަހަރުމެންވާނީ ތަރުޖަމާކުރުމުގައި އަހަރުމެންގެ އަމިއްލަ ލަފްޒުން ސުރުޚީތައް އިތުރުކޮށްފައިއެވެ. އެއީ ފިހުރިސްތެއް އެކުލަވާލެވި، އަދި ކިޔުންތެރިން މައުޟޫޢުތަކަށް ރުޖޫޢަވާން ފަސޭހައަކަށެވެ.

ދުޢާއަކީ، އަޅަމެންނީ لَا إِلَهَ إِلَّا اللهُ ގެ ކަލިމަ ހިތާއި ބަހާއި ޢަމަލުން ޙައްޤުކޮށް ފުރިހަމަކުރާ ބައެއްކަމުގައި ލައްވާ، އެމަތިވެރި ކަލިމައިގެ އަހުލުވެރިންގެ ގޮތުގައި ދުނިޔެއާއި އާޚިރަތުގައި ލެއްވުމެވެ. އަދި އުޑުތަކާއި ބިމާއި އެދެމެދުވާހާ އެއްޗަކަށްވުރެ ބަރުވެގެންވާ އެކަލިމައިގެ ޙައްޤުގައި ކުރެވުނު ހެޔޮ މަސައްކަތެއްކަމުގައި މިފޮތް ލައްވާށިއެވެ.


ތަހްގީގުކުރެވުނު ފޮތުގެ މުގައްދިމާ އަރަބިން - مقدمة المحقق

الحمد للَّه وكفى، وأشهدُ أن لا إله إلا اللَّه المعبودُ المرتَجَى، وأشهدُ أنَّ محمَّداً عبدُه ورسولُه المصطفى، صلى اللَّه وسلَّم وباركَ عليه وعلى آلِه وصحبِه نجوم الهدى، وكلِّ مَنْ سار على نهجهم واقتفى.

أما بعدُ:

فهذا أثرٌ علميٌّ جديدٌ من آثارِ أهلِ السُّنَّة والجَمَاعَة، يتضوَّع مِسْكاً أَذْفَرَ، أضعه بين يديك -أيها القارئ الكريم- جامعاً بين دِفَّتَيه نَفَسَ عالِمَين جليلين:

أحدهما: العلَّامةُ المحقِّقُ الحافظُ صاحبُ التصانيف المفيدة زينُ الدِّين عبدُ الرحمن بنُ أحمدَ بنِ رجبٍ البغداديُّ الحنبليُّ (ت 795 هـ)، في رسالته الموسومة ب «كلمة الإخلاص وتحقيق معناها».

وأما الثاني: فهو شيخنا العلامة عبد الرحمن بن ناصر البراك -حفظه اللَّه ونفع به-، حيث قام بشرحِ هذه الرِّسالة⁽¹⁾ شرحاً متوسطاً، يُوضِّحُ مقاصدَها، ويُبَيِّن مسائلَها، ويُنَبِّه على ما وقع في كلماتِ بعض أرباب السلوك والتصوف من أخطاء ومخالفات.

وقد اجتهدتُ في إخراجه ونشره رجاء النفع به.

_________

⁽¹⁾ وكان ذلك ضمن دروس الدورة العلمية الثامنة التي أقيمت بجامع شيخ الإسلام ابن تيمية بالرياض عام 1422 هـ.

‌عملي في الكتاب:

اجتهدتُ في خدمة الشرح والعناية به وبأصله المشروح على النحو التالي:

أما الشرح فقد عارضتُه -بعد تفريغه- بأصله المسموع، فصوَّبتُ ما وقع في النسخة المفرَّغة من سَقطٍ أو تصحيفٍ.

ثم اجتهدتُ في تهذيبه وتنسيقه وترتيبه بما يتلاءم مع الكتاب المطبوع.

ثم بعد ذلك قرأتُه على شيخنا حفظه اللهُ كاملاً، قراءةَ ضبطٍ وتصحيحٍ، فكان يصوِّب ويُعدِّل، ويحذفُ ويُضيف، حتى استقام على سوقُه بما ترى.

والغاية من هذا كلِّه أن يخرج الشرحُ على أكملِ صورةٍ وأصحِّ وجهٍ، معتمَداً من قِبَلِ شارِحِه، صحيحَ النسبة إليه⁽¹⁾.

وأما الأصلُ المشروح وهو رسالة «كلمة الإخلاص» لابن رجب رحمه الله فقد عُنيتُ بها عنايةً خاصَّةً، فضبطتُ نصَّها وخرَّجتُ أحاديثَها، وعزوتُ نقولَها.

_________

⁽¹⁾ وأُنبِّه هنا إلى أنَّه قد طُبِع الشرحُ باعتناء الشيخ صبري سلامة شاهين وفقه اللهُ وسَمَّاه: «الفريد في شرح كتاب التوحيد»، ونشرته دار القاسم بالرياض عام 1430 هـ، ولكون هذا الشرحَ لم يُقرأ على شيخنا حفظه اللهُ ولم يصوَّب من قِبَلِه فقد وقع فيه بعض الأوهام والنقص في مواضع متعدِّدة، لا من حيث الخدمة، ولا من حيث الطباعة، ولذا لم يتم اعتماد الشرح من قِبل شيخنا ولم يَرضَ عنه، وقد أصدر بياناً بذلك ونُشِرَ في موقعه الإلكتروني.

ثم قابلتُ نَصَّها على نسختين خطيتين تامَّتين:

أما الأولى: فهي نسخةٌ نفيسةٌ مكتوبةٌ في حياة الحافظ ابن رجب رحمه الله، وناسخها أحدُ تلامِذَتِه، وهو: الشيخُ الفقيهُ محمَّدُ بنُ محمَّدِ بنِ محمَّدِ بنِ عبدِ الدائم الباهيُّ الحنبليُّ (ت 802 هـ)⁽¹⁾، وفرغ من نسخها يوم الجمعة سادس جمادى الأولى سنة (787 هـ)، وتقع في (12) ورقة، وهي من مصورات المكتبة المركزية بجامعة الإمام محمد بن سعود الإسلامية بالرياض، ضمن مجموع رقم (4761).

ولِقِدَمِ هذه النسخة ونفاستِها ومكانةِ ناسخها فقد اتخذتُها أصلاً.

وأما الثانية: فهي نسخةٌ جيدةٌ ولكنها متأخِّرةٌ، وناسخها هو: عبد اللَّه بن إبراهيم بن محمد بن ربيعة الرَّبِيْعي، وفرغ من نسخها -فيما يبدو- في أوائل سنة (1333 هـ)، وتقع في (19) ورقة، وهي من محفوظات مكتبة جامعة الملك سعود بالرياض، ضمن مجموع رقم (1637).

وهذه النسخة رغم تأخرها إلا أنها نسخةٌ جيِّدةٌ، وخطها واضحٌ ومقروءٌ، وهي نسخةٌ مقابلةٌ ومصحَّحةٌ، وفيها زوائد يسيرة في بعض المواضع، وقد رمزت لها بحرف (ب).

_________

⁽¹⁾ قال عنه ابن حجر: «اشتغل كثيراً وسمع من شيوخِنا ونحوهِم، وعُنيَ بالتحصيل، ودَرَّس وأفتى، وكان عاقلاً رصيناً كثير التأدب»، وقال ابن حجي: «كان أفضل الحنابلة بالديار المصرية وأحقهم بولاية القضاء»، ووصفه شيخه البُلقينيُّ ب (الشيخ العالِم المحقِّق مفتي المسلمين جمال المدَرِّسين). تنظر ترجمته في: «إنباء الغُمر» لابن حجر (2/ 182)، و «الضوء اللامع» للسخاوي (9/ 224)، و «السُّحُب الوابِلة» لابن حميد المكي (3/ 1075).

فاعتمدتُ نسخة ابن عبد الدايم أصلاً وأضفتُ لها ما في نسخة الربيعي من زيادات غير مؤثرة في سياق الكلام واتِّسَاقه، وجعلتها بين معكوفتين []، فإن كان إثبات الزيادة مؤثراً في سياق الكلام أو كان ثَمَّة اختلاف في الألفاظ -وهو قليل- فإني أُثبِتُ ما في الأصل وأُنَبِّه في الحاشية على ما في نسخة (ب).

كما عُنيتُ بتخريج أحاديث الرِّسالة تخريجاً مختصراً، مع الحكم عليها صحةً وضعفاً، معتنياً بنقل أحكام أئمة الحديث ونُقَّادِه على تلك الأحاديث إن وُجِدَ.

هذا، وأسأل اللَّه عز وجل أن ينفع بهذا الشرح كما نفع بأصله، وأن يجزي شيخنا خير الجزاء على جهوده العلمية، وأن يبارك له في عمره وعلمه وعمله.

والحمد للَّه أولاً وآخراً، وصلَّى اللَّه وسلَّم على نبيِّنا محمَّد.

كتبه

يَاسَرُ بْنُ سَعْد بْن بَدْر العَسْكَر

عصر يوم الأربعاء - 14/ 8/ 1433 هـ

الرياض


[...]