މިއީ ޙަދީޘްއެމްވީގައިވާ ހުރިހާ ޙަދީޘާއި އަޘަރު ފޮތްތައް އެއް ތަނަކުން ސާޗްކުރެވޭ ސަފުހާއެވެ.


⚠️ قَمِّش ثُمَّ فَتِّش. މި ސަފުހާގައި ހުރި ޙަދީޘްތަކާއި އަޘަރުތަކަކީ މުސައްވަދާ (ޑްރާފްޓް) ލިޔުންތަކެކެވެ. މިއީ އެކި ފަރާތްތަކުން އެކި ގޮތްގޮތަށް ތަރުޖަމާކޮށްފައިވާ ލިޔުންތަކެއް ކަމުން، އޭގައި ކުށް ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އަދި ތަރުތީބުކޮށް ތަޚްރީޖުކުރުމުގައި ވެސް މައްސަލަ އުޅެދާނެއެވެ. ޚާއްސަކޮށް ރިޔާޟުއް ޞާލިޙީން، މި ފޮތުގައެވެ.

މި ލިޔުންތައް މި ގޮތަށް އެއްކޮށްފައި މި ވަނީ:
• އެއް ތަނަކުން ގިނަ ތަރުޖަމާތައް ފަސޭހައިން ހޯދޭނެ ގޮތް ހެދުމަށް
• ކުށްތަކާއެކު ވެސް، އެ ކަން ކުރެވޭ ވަރު ބަޔަކަށް މީގެން ފައިދާ ހާސިލުކުރެވޭނެތީ
• މުޅިން ދިމާ ނުވިޔަސް، ގާތްކޮށްދޭނެތީ

މި ސަފުހާގެ އެންމެ ފުރިހަމަ ބޭނުން ހިފޭނީ:
• މި ސަފުހާގެ މަގްސަދު ރަނގަޅަށް ދެނެގަންނަ
• ލިޔުންތަކުގައި ހުރި ކުށްތަކާއެކު ވެސް ކުރިއަށް ދެވޭނެ ގޮތް އެނގޭ
• އަރަބި ބަހާއި ޝަރުއީ އިލްމުގައި ކޮންމެވެސް ވަރެއްގެ ގާބިލުކަން ހުރި ފަރާތްތަކަށް.

މި ލިޔުންތައް ބޭނުންކުރާ އިރު، އިތުރަށް ބަލާ، ސައްހަތޯ ކަށަވަރުކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެ ކަން ނުކުރެވޭ ނަމަ، އެ ކަން ކުރެވޭވަރުގެ ފަރާތްތަކާ މަޝްވަރާކުރުމަކީ ވެސް މުހިއްމު ކަމެކެވެ.


ޙަދީޘެއް ސައްހަތޯ ބެލުމަށް، އޮންލައިންކޮށް ހުރެގެން، ތިރީގައި އަރަބި ލަފްޒުތައް ޖަހާލައިގެން ބަލާލެވިދާނެއެވެ. ފެހިކުލައިގެ މާނައަކީ ސައްހައެވެ. އަދި ރަތްކުލައިގެ މާނައަކީ ޟަޢީފެވެ.